އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އާއްމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ބިން ދޫކުރެވޭ މުއްދަތު އަދި އެއްބަސްވުމުގެ މުއްދަތު ކަނޑައެޅުމަށް ހުށަހަޅާ މައްސަލަ

30 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/156

ބޭއްވުނު ތާރީޚް:30 ޑިސެމްބަރ 2021

ޖަލްސާ:  2021ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 31 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު (2018/R-69) އާއި އެއްގޮތްވާގޮތުގެ މަތިން އެ ޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ބޭނުންތަކަށް ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި، ޔޫޓިލިޓީސްގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކާއި، ބޭންކުތަކާއި، ސަރުކާރުގެ ހޮސްޕިޓަލްތަކަށް ދޫކުރާ ބިންތަކުގެ އެއްބަސްވުންތަކުގައި ބިން ދޫކުރެވޭ މުއްދަތު އަދި އެއްބަސްވުމުގެ މުއްދަތު ކަނޑައެޅުމުގައި އަމަލުކުރާނެގޮތް ކަނޑައެޅުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސެއިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

           " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދު (2018/R-69) އާއި އެއްގޮތްވާގޮތުގެ މަތިން އެ ޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ބޭނުންތަކަށް ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އާއްމު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި، ޔޫޓިލިޓީސްގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކާއި، ބޭންކުތަކާއި، ސަރުކާރުގެ ހޮސްޕިޓަލްތަކަށް ދޫކުރާ ބިންތަކުގެ އެއްބަސްވުންތަކުގައި ބިން ދޫކުރެވޭ މުއްދަތު އަދި އެއްބަސްވުމުގެ މުއްދަތު ކަމުގައި ބަލާނީ އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން މެދުކެނޑުމެއްނެތި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލާއި އެކު ވެވޭ އެއްބަސްވުމާއި އެއްގޮތަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެއްބަސްވާ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާނަމަ މުއްދަތެއް ނެތް ގޮތުގައި ކަމާއި އަދި ކައުންސިލަށް ޤަބޫލުކުރެވޭފަދަ އުޒުރެއްނެތި ނުވަތަ ޚިދުމަތްދޭ ފަރާތުގެ ބާރު ނުފޯރާފަދަ ޙާލަތެއް މެދުވެރިވުމާއި ޤުދުރަތީ ކާރިސާއެއް ނުވަތަ ހާލަތެއް މެދުވެރިވެގެން މެނުވީ، އެއްބަސްވުމުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެއްބަސްވާ ޚިދުމަތްތައް އެކުއެކީގައި ނުވަތަ ވަޤުތީގޮތުން ހުއްޓާލައިފިނަމަ ނުވަތަ ހަނިކޮށްފިނަމަ އެއްބަސްވުމުގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ކަނޑައެޅުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/156

ތާރީޚް: 30 ޑިސެމްބަރ 2021