އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަސާސީ ޚިދުމަތްތައް ފޯރުކޮއްދޭ ސަރުކާރުގެ ކުންފުނިތަކަށް އައްޑޫ ސިޓީކައުންސިލުން ދޫކުރާ ބިންތަކުން ކުލި ނުނަގާގޮތަށް ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

30 ޑިސެމްބަރ 2021     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2021/157

ބޭއްވުނު ތާރީޚް:30 ޑިސެމްބަރ 2021

ޖަލްސާ: 2021ވަނަ އަހަރުގެ 45 ވަނަ ރަސްމީ ޖަލްސާ(4ވަނަ ކައުންސިލްގެ 31 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (2018/R-69) ގެ 8 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައިވާ އާއްމު ޚިދުމަތްތަކަށް (އެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައިވާ މާނަކުރުމާ އެއްގޮތަށް) ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ކަމުގައިވާ އިންޖީނުގެ ތަކާއި، ފެން ޕްލާންޓް ތަކާއި އަދި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް އައްޑޫ ސިޓީކައުންސިލުން ދޫކުރާ ބިންތަކުން ކުލި ނުނަގާގޮތަށް ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސެއިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

           " ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު (2018/R-69) ގެ 8 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައިވާ އާއްމު ޚިދުމަތްތަކަށް (އެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ) ގައިވާ މާނަކުރުމާ އެއްގޮތަށް) ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ކަމުގައިވާ އިންޖީނުގެ ތަކާއި، ފެން ޕްލާންޓް ތަކާއި އަދި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް އައްޑޫ ސިޓީކައުންސިލުން ދޫކުރާ ބިންތަކުން ކުލި ނުނަގާގޮތަށް ހަމަޖެއްސުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2021/157

ތާރީޚް: 30 ޑިސެމްބަރ 2021