އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ، ހުވަނދުމާވިލާ ގޯތީގެ ތެރޭގައި ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަން ބެހެއްޓުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ

12 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/004

ބޭއްވުނު ތާރީޚް:  12 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 33 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ، ހުވަނދުމާވިލާ ގޯތީގެ ތެރޭގައި ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަން ބެހެއްޓުމާއި ގުޅިގެން އެ ގޯތިން އުނިވެފައިވާ ބިމާއި އެއްވަރުގެ ބިމެއް އެ ގޯއްޗަށް އިތުރުކުރުމަށާއި އަދި އެ ގޯތި ތެރޭގައި ޕަމްޕް ސްޓޭޝަން ބެހެއްޓި ދުވަހުން ފެށިގެން މިހާތަނަށް ކުލީގެ ގޮތުގައި ގޯތީގެ ވެރިފަރާތުން ފައިސާ ދައްކަން ޖެހޭނެކަމަށް އެދިފައިވާތީ ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް އިތުރަށް ބަލައި ދިރާސާކުރުމަށް އައްޑޫސިޓީ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއަށް ފޮނުވައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސެއިން ޒަރީރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ޞާލިޙާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/004

ތާރީޚް: 12 ޖެނުއަރީ 2022