އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރ އެޅުމަށް ބޭނުންވާ 40000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

12 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/005

ބޭއްވުނު ތާރީޚް:  12 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 33 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރ އެޅުމަށް ބޭނުންވާ 40000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިރިއުޅުމުގެ ބޭނުމަށްނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދުގެ 8ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި އެއްގޮތްވާގޮތުގެ މަތިން އެކިއެކި ބޭނުންތަކަށް ދަޢުލަތުގެ މުއައްސަސާތަކަށް ބިން ދޫކުރާ އުޞޫލުން، އެ ޤަވާޢިދުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން އައްޑޫސިޓީ ކައުންސިލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ބިމުގެ ކުލި ނުހިމެނޭގޮތަށް އަދި މުއްދަތެއް ނެތްގޮތަށް، ކުރީގެ ޕޮލިސް ޓްރެއިނިންގ ސެންޓަރ ހުރި ބިމުން އިސްލާމިކް ސެންޓަރ އިމާރާތްކުރުމަށް ޤިބްލަ 306.18 ޑިގްރީއަށް މިސްރާބު ސާފުވާގޮތަށް 40000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށާއި މި ބިން ހަމަޖެހުމުން އިސްލާމިކް ސެންޓަރ އެޅުމަށް އައްޑޫސިޓީގެ އެހެން އެއްވެސް ސަރަހައްދަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަށް ބިމެއް ދޫކުރެވިފައިވާނަމަ އެބިން ވަކިކުރުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 04 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/005

ތާރީޚް: 12 ޖެނުއަރީ 2022