|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އީދިގަލި ދަނޑުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ޢަބްދުﷲ ޞާދިޤް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: އީދިގަލި ދަނޑުގެ ބިންގަނޑު އެއްވަރު ނުކުރެވި އޮތުމުން ދަނޑު ބޭނުންކުރާ ފަރާތް ތަކަށް ދަތި ތަކާއި ކުރިމަތިލާން ޖެހި އެކަމުގެ ޝަކުވާ ލިބިފައިވުމުން އެކަމަށް ޙައްލެއް ހޯދައިދިނުމަކީ މުހިއްމުކަމެއް ކަމުގައިވާތީ، ހިތަދޫ އީދިގަލި ދަނޑަކީ ރަސްމީ ފުޓްބޯޅަ ކުޅެވޭ ވަރަށްވުރެ ސައިޒްގެ ގޮތުން ކުޑަ ދަނޑަކަށް ވުމާއެކު މި ދަނޑު ފުޓްސަލް ދަނޑަކަށް ބަދަލުކުރުމަށާއި، މިގޮތަށް މި ދަނޑު ފުޓްސަލް ދަނޑަކަށް ބަދަލުކޮށް ދަނޑުގައި ޓާފް އެޅުމަށް ފެންނަކަމަށާއި، މިމަސައްކަތް ކުރިއަށްގެންދިއުމުގައި ޤަވާއިދާއި އެއްގޮތްވާގޮތުގެމަތިން (ކޯޓޭޝަންހޯއްދަވައި) ޓާފްދަނޑުގައި އަޅާފަދަ މެޓީރިއަލްސް ހޯއްދަވައި ދަނޑުގެ ސާރފޭސް ރަނގަޅުކޮށް ދަނޑުގައި އެ މެޓީރިއަލްސް އަޅާ ފުޓްސަލް ކުޅެވޭގޮތަށް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފަންނަކަމަށާއި، މިކަމަށް ހިނގާ ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: މޭޔަރ ޢަބްދުﷲ ޞާދިޤް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

