އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިސްކިތް އެޅުމަށްޓަކައި މީދޫ ބަނދަރުގެ އިތުމަތިން، މޮނިއުމެންޓްގެ ފަހަތަށް އޮތް ހުސްބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

12 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/008

ބޭއްވުނު ތާރީޚް:  12 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 33 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދަޢުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތް ބިނާކުރުމަށް 2021 ވަނަ އަހަރުގެ 34ވަނަ ރަސްމީ ޖަލްސާ (4 ވަނަ ދައުރުގެ 20 ވަނަ ޖަލްސާ) ގައި ކައުންސިލްގެ ނިންމުން ނަމްބަރު: 426-B(4)/2021/104 އިން މިސްކިތް އެޅުމަށް ނިންމާފައިވާ 125*125 ފޫޓުގެ ބިމުގައި ޤިބްލަ ފާހަގަކުރުމަށް ބެލިބެލުމުން، އެ ބިމުގައި މިސްކިތް އިމާރާތްކުރާނެ ޖާގަ ނުލިބޭތީވެ، މިސްކިތް އެޅުމަށްޓަކައި މީދޫ ބަނދަރުގެ އިތުމަތިން، މޮނިއުމެންޓްގެ ފަހަތަށް އޮތް ހުސްބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ޞާލިޙާ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދަޢުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން މީދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތް ބިނާކުރުމަށް 2021 ވަނަ އަހަރުގެ 34ވަނަ ރަސްމީ ޖަލްސާ (4 ވަނަ ދައުރުގެ 20 ވަނަ ޖަލްސާ) ގައި ކައުންސިލްގެ ނިންމުން ނަމްބަރު: 426-B(4)/2021/104 އިން މިސްކިތް އެޅުމަށް ނިންމާފައިވާ މަސްޖިދު އިބްރާހީމް މަޖުދުއްދީން ހުރި ބިމުގެ ބަދަލުގައި، މީދޫ ބަނދަރުގެ އިރުމަތިން، މޮނިއުމެންޓް ފަހަތަށް އޮތް ހުސްބިން ހަމަޖެއްސުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ޞާލިޙާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/008

ތާރީޚް: 12 ޖެނުއަރީ 2022