އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ

12 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/009

ބޭއްވުނު ތާރީޚް:  12 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 33 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ކައުންސިލާއި ތުރުކީގެ VIZYON VILLA ކުންފުންޏާއި ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގައި ދިގު މައްދަތުން ފައިސާދައްކާ ޚަލާސްކުރާގޮތަށް ޕްރިފެބް ގެ އަޅައި ދިނުމާއި ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފަހުމުނާމާއެއް ހަދައި  ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރުމާއިމެދު ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސެއިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:    

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށާއި އަދި އައްޑޫސިޓީގެ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގައި އިމާރާތްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދާދިނުމަށާއި، ރިއަލް އެސްޓޭޓް އުޞޫލުން ފަޅު ގޯތިތަކުގައި އިމާރާތް ކޮށްދިނުމަށް VIZYON VILLA އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމަށް، ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މި މައްސަލައިގައި ހިމެނޭ ޑްރާފްޓް އަދި ޕްރޮޕޯސަލް އާއި އެއްގޮތަށް ތުރުކީގެ VIZYON VILLA އާއިއެކު އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރުމަށް ފާސްކުރުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މުޙައްމަދު ފައިސަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/009

ތާރީޚް: 12 ޖެނުއަރީ 2022