ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B (4)/2022/010 |
|
|
ބޭއްވުނު ތާރީޚް: 12 ޖަނަވަރީ 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 02 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 33 ވަނަ ޖަލްސާ) |
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލާއި ޗައިނާގެ BUCNG ކުންފުންޏާއި ގުޅިގެން އައްޑޫސިޓީގައި 1000 އާއި 2000 ދެމެދުގެ އަދަދަކަށް ސޯޝަލް ހައުސިން ޔުނިޓު އިމާރާތްކުރުމުގެ ކޮންޓްރެކްޓް އެގްރިމެންޓަކަށް ވާޞިލްވުމަށް ދެފަރާތުން އެއްބަސްވެ ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމުގެ މަރުޙަލާގައި އަމަލުކުރުމަށް އެއްބަސްވާގޮތުގެ ފްރޭމްވޯކް އެގްރިމެންޓް (އެމް.އޯ.ޔޫ) ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ހަދައި ސޮއިކުރުމާމެދު ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސެއިން ޒަރީރު |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށާއި އަދި ރިއަލް އެސްޓޭޓް އުޞޫލުން ސޯޝަލް ހައުސިން ޔުނިޓުތައް އިމާރާތް ކޮށްދިނުމަށް ޤާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ޑްރާފްޓް އެއްބަސްވުމާއި އަދި ޕްރޮޕޯސަލް އާއި އެއްގޮތަށް އައްޑޫސިޓީ ކައުންސިލާއި BUCNG ކުންފުންޏާއި ދެމެދު ފްރޭމްވޯކް އެގްރީމެންޓެއްގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރުމަށް ފާސްކުރުމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސެއިން ޒަރީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 10 ވޯޓް |
ވޯޓުގައި ބައިވެރިވި: 10 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

