އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި ހުށަހަޅާ މައްސަލަ

19 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/012

ބޭއްވުނު ތާރީޚް:  19 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 34 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 3 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 03 ވަނަ ބައްދަލުވުމަށް ހުށަހެޅުނު،

(ހ) ނަންބަރު:426-EA/S2/2014/30 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ށ) މަރަދޫފޭދޫ، ބްލޫކެބިން އަޙުމަދު ފިރާޤު އާއި ދެމެދުވެފައިވާ 2009/S5/20 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ  ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ނ) މަރަދޫފޭދޫ، މަދުރަސާދޮށުގެ މުޙައްމަދު ނަސީމް އާއި ދެމެދުވެފައިވާ 2009/S5/21  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ރ) ހިތަދޫ، މިސްކިތްދޮށުގެ ޢަބްދުﷲ ސަޢީދު އާއި ދެމެދު ވެވިފައިވާ ނަންބަރު:2011/S2/18   އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ބ) ބީ.އޭ.ޕީ.ސީ ކޮންސްޓްރަކްޝަންގެ ނަންބަރު: 426-PD/2013/13, 2009/S2/39, 2010/S2/56 އެއްބަސްވުންތަކުން ދޫކޮށްފައިވާ ކުލީ ބިންތަކުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ޅ) މަރަދޫ، ސްޓޯބެރީގެ ޙުސައިން ޒިޔާދު އާއި ދެމެދު ވެވިފައިވާ ނަންބަރު:2011/S3/22   އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ކ) ސ.މަރަދޫ، ސޭބުމާގެ އިބްރާހިމް ދީދީ އާއި ދެމެދު ވެވިފައިވާ ނަމްބަރު: 2007/S3/25 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(އ) ސ.މަރަދޫ، ސޭބުމާގެ ޢަބްދުލް ޙާދީ އާއި ދެމެދު ވެވިފައިވާ ނަމްބަރު:  2011/S3/21އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

  1.  ސ.މަރަދޫ، ޝަމާ މަރިޔަމް ފާއިޒް އާއި ދެމެދު ވެވިފައިވާ ނަމްބަރު:  2011/S3/16އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(މ) ސ.މަރަދޫ، ސޭބުމާގެ ޢަލި ދީދީ ދެމެދު ވެވިފައިވާ ނަމްބަރު:2009/S3/47  އަދި ނަންބަރު:2010/S3/80  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިންތަކުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ފ) މަރަދޫފޭދޫ، ބްލޫކެބިން އަޙުމަދު ފިރާޤު އާއި ދެމެދުވެފައިވާ ނަންބަރު: 426-PD/2013/60 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމާއި އަދި ނަންބަރު: 426-PD/2013/59  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި،

(ދ) ނަންބަރު2004-/S-5/39 : އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ގޭން ބްރާންޗް ހިންގެވުމަށްޓަކައި މަރަދޫފޭދޫއިން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ކުއްޔަށް ދޫކުރެވިފައިވާ 7506.41 (ހަތްހާސް ފަސްސަތޭކަ ހަޔެއް ޕޮއިންޓް ހަތަރެއް އެކެއް) އަކަފޫޓުގެ ބިމާއި އަދި  ނަންބަރު2004-/S-2/60 : އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހިތަދޫ ބްރާންޗް ހިންގެވުމަށްޓަކައި ހިތަދޫއިން ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ކުއްޔަށް ދޫކުރެވިފައިވާ 9448.65 (ނުވަހާސް ހަތަރު ސަތޭކަ ސާޅީސް އަށެއް ޕޮއިންޓް ހަޔެއް ފަހެއް ) އަކަފޫޓުގެ ބިމުގެ މުއްދަތު އިތުރުކުރުމަށް ކޮމިޓީން ނިންމިގޮތަށް އެއްބަސްވުންތައް އެކުލަވާލާ، ޑްރާފްޓް ފޮނުވުމުން އެ ބޭންކުން ކުއްޔާއިމެދު ތަފާތު ގޮތަކަށް ހުށަހެޅުންތައް ހުށަހަޅާފައިވުމާއެކު އެކަމުގައި ގޮތެއް ނިންމުމުގެ މައްސަލަ،

އާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފާސްކުރުމަށް ފެންނަކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ލޮކޭޝަންގެ ގޮތުގައި ކޮމިޓީން ނިންމަވާފައިވާ ނިންމުން ފާސްކޮށް ދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/012

ތާރީޚް: 19 ޖެނުއަރީ 2022