އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މެމްބަރުން ކަނޑައަޅައި, ކޮމިޓީގެ އުސޫލުގެ 4 ވަނަ އާއި 6 ވަނަ މާއްދާއާއި މެދު އަލުން ގޮތެއް ނިންމަވައިދެއްވުން އެދި

19 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/013

ބޭއްވުނު ތާރީޚް:  19 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 03 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 34 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މެމްބަރުން ކަނޑައަޅައި ނިންމާފައިވާ ނިންމުމާއި ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ އުސޫލުގެ 4 ވަނަ އާއި 6 ވަނަ މާއްދާއާއި މެދު އަލުން ގޮތެއް ނިންމަވައިދެއްވުން އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މެމްބަރުން ކަނޑައަޅައި ކައުންސިލުން ކުރިން ނިންމާފައިވާ ނިންމުން މުރާޖާކޮށް، ކޮމިޓީގެ އުސޫލުގެ 4ވަނަ މާއްދާއަށް (ކ) އިތުރުކޮށް ކޮމިޓީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހިމަނައި ކޮމިޓީގެ އުސޫލުގެ 6 ވަނަ މާއްދާގައި ކޮމިޓީގެ ކޯރަމަކީ ކައުންސިލް މެމްބަރުންގެ މަދުވެގެން 5 މެމްބަރުން ހިމެނޭގޮތަށް 7 މެމްބަރުންކަން ކަނޑައަޅައި ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ އުސޫލު އިސްލާހުކޮށް މިގޮތަށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިސަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/013

ތާރީޚް: 19 ޖެނުއަރީ 2022