އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކުން ފީއެއް ނެގުމަށް ހުށަހަޅާ މައްސަލަ

26 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/017

ބޭއްވުނު ތާރީޚް:  26 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 35 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޔިތުންގެ މަޝްވަރާއާއެކު ފީ ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވާތީ، ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކުން ފީއެއް ނެގުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކުން ފީއެއް ނެގުމަށް ހުށަހެޅިފައިވާ މައްސަލަ އާއްމު ކޮމިޓީއަށް ފޮނުވައިގެން އިތުރަށް އަގު ނެގިދާނެ ދާއިރާތަކާއި، ނެގޭނެ އަގުތައް ދިރާސާކޮށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދް ޝުޢާއު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02  

ނުފެންނަކަމަށް: 04 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/017

ތާރީޚް: 26 ޖެނުއަރީ 2022