އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޭޔަރ ޢަބްދުﷲ ޞާދިޤް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

26 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޭޔަރ ޢަބްދުﷲ ޞާދިޤް ޗުއްޓީއަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން .

މައްސަލަ ހުށަހެޅި ފަރާތް:  ޝައިބާ އަނީސް / އެސިސްޓެންޓް ޑިރެކްޓަރ  

ނިންމުން

މައްސަލަ ނިމުނުގޮތް:

މޭޔަރ ޢަބްދުﷲ ޞާދިޤް 28 ޑިސެމްބަރު 2017 އިން ފެށިގެން 5 ދުވަހުގެ މުއްދަތަށް ޗުއްޓީ ނަންގަވަންއެދި ހުށަހަޅާފައިވާ މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިމައްސަލައާއި ގުޅިގެން ކައުންސިލް މަޖްލިސްގައި މަޝްވަރާ ކުރުމަށްފަހު، 2 ހުށަހެޅުމެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ.

ފުރަތަމަ ހުށަހެޅުން:-

  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު 7/2010) ގެ 122ވަނަ މާއްދާއަށް ރިއާޔަތްކޮށް މޭޔަރ ޢަބްދުﷲ ޞާދިޤް އެދި ވަޑައިގެންފައިވާ ގޮތުގެ މަތިން 28 ޑިސެމްބަރު 2017 އިން ފެށިގެން 5 ދުވަހުގެ ޗުއްޓީ ހަޖައްސަވައި ދެއްވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުން،

ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

 2 ވަނަ ހުށަހެޅުން :-

 މޭޔަރ ޢަބްދުﷲ ޞާދިޤް 28 ޑިސެމްބަރު 2017 އިން ފެށިގެން 5 ދުވަހުގެ މުއްދަތަށް ޗުއްޓީ ނަންގަވަންއެދި ހުށަހަޅާފައިވާތީ މޭޔަރ ޗުއްޓީ ގައި ހުންނަވާ މުއްދަތު ގައި  އޮފީސް ހިންގެވުން ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދުއާއި ޙަވާލު ކުރުމަށް  ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުން،

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް    

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

މިގޮތުން ހުށަހެޅުނު 2 ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ދެ ހުށަހެޅުން ފާސްވިއެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/298

ތާރީޚް: 26 ޑިސެމްބަރ 2017