އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މެދުވަލު ސްކޫލަށް ދޫކޮށްފައިވާ ބިން މޯގޭޖް ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާފައިވާ މައްސަލަ

26 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/019

ބޭއްވުނު ތާރީޚް:  26 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 35 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މެދުވަލު ސްކޫލަށް ދޫކޮށްފައިވާ ބިމުގައި އިމާރާތް ކުރުމަށް ބޭނުންވެގެން ބޭންކުން ލޯނެއް ނެގުމަށްޓަކައި ބިން މޯގޭޖް ކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މެދުވަލު ސްކޫލާއި އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމާއި އެހެންކަމުން މެދުވަލު ސްކޫލާއި އެކު އަލުން އެއްބަސްވުން އެކުލަވައިގެން މައްސަލައާއިގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މަރިޔަމް ސަޢީދާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/019

ތާރީޚް: 26 ޖެނުއަރީ 2022