އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޓޫރިޒަމް ޒޯންތަކުގައި އިމާރާތްކުރުމުގެ އުސްމިނަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ މައްސަލަ

26 ޖެނުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/021

ބޭއްވުނު ތާރީޚް:  26 ޖަނަވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 04 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 35 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޓޫރިޒަމް ޒޯންތަކުގައި އިމާރާތްކުރުމުގެ އުސްމިނަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ހުސެއިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ޓޫރިޒަމް ޒޯންތަކުގައި މިހާރު އިމާރާތް ކުރެވޭ އުސްމިނުގެ ގޮތުގައި ހަމަޖެހިފައިވާ 21 މީޓަރުގެ އުސްމިނުގެ ބަދަލުގައި ޓޫރިޒަމް ޒޯންތަކުގައި އިމާރާތްކުރުމުގެ އުސްމިނަކީ 35 މީޓަރ ކަމުގައި ކަނޑައަޅައި، ޓޫރިޒަމް ޒޯންއިން ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާ ބިންތަކުގައި އިމާރާތްކުރުމުގެ މިންގަނޑަށް ބަދަލުގެނައުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/021

ތާރީޚް: 26 ޖެނުއަރީ 2022