އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަށް ހުށަހަޅާ މައްސަލަ.

2 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/022

ބޭއްވުނު ތާރީޚް:  02 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 36 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އައްޑުއަތޮޅު އޮފީހުގެ ނަންބަރު 2009/S2/41 (16 މާރިޗް 2010) "ވިޔަފާރި ބަންޑާރަ ބިން ކުއްޔަށްދީ، ކުއްޔަށް ހިފުމާބެހޭ އެއްބަސްވުން" އިން ސ.ހިތަދޫގައި ކޫލްރޫމެއް ހެދުމަށް ބިން ދޫކުރެވުނުކަމާއި، ދެންނެވުނު އެއްބަސްވުމާ ގުޅިގެން  ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާތީ އެފައިސާ ހޯދުމަށާއި، އަދި ދެންނެވުނު އެއްބަސްވުން އެކުލަވާލުމުގެ ކުރިން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާނެކަމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން އަންގަވާފައިވާތީ،  މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ކައުންސިލަށް ލިބެންޖެހޭ  ޖުމްލަ -/10,718,025 (ދިހަމިލިއަން ހަތްލައްކަ އަށާރަހާސް ފަންސަވީސް ރުފިޔާ) ހޯދުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: (ލީގަލް ޔުނިޓް) ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް: 

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މެރިމެކްސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އައްޑުއަތޮޅު އޮފީހުގެ ނަންބަރު 2 009/S2/41 (16 މާރިޗް 2010) "ވިޔަފާރި ބަންޑާރަ ބިން ކުއްޔަށްދީ، ކުއްޔަށް ހިފުމާބެހޭ އެއްބަސްވުން" އާއި ގުޅިގެން  ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވާތީ އެފައިސާ ހޯދުމަށާއި، އަދި ދެންނެވުނު އެއްބަސްވުން އެކުލަވާލުމުގެ ކުރިން ސްޓެޕް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާނެކަމަށް މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން އަންގަވާފައިވާތީ، މެރިމެކްސް ޕްރައިވެޓް ލިމިޓެޑުން ކައުންސިލަށް ލިބެންޖެހޭ އެންމެހާ ފައިސާ ހޯދުމަށްޓަކައި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރުމަށާއި އެ ފައިސާ ނުލިބިއްޖެނަމަ ޝަރީއަތަށް ހުށަހަޅައިގެން މައްސަލަ ކުރިއަށްގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/022

ތާރީޚް: 2 ފެބުރުއަރީ 2022