އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާއިދު އަލުން ފާސްކުރުމަށް ހުށަހަޅާ މައްސަލަ

2 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/023

ބޭއްވުނު ތާރީޚް:  02 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 36 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާއިދު އަލުން ފާސްކުރުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫގައި ބަނދަރު ބެލެހެއްޓުމާ ބެހޭ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އަށް އިޞްލާހު ގެނެސްފައިވާތީ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ 48 (ސާޅީސް އަށެއް) ގަޑިއިރު 03 (ތިނެއް) ގަޑިއިރަށް  އިޞްލާހުކޮށް ޤަވާއިދު އަލުން ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/023

ތާރީޚް: 2 ފެބުރުއަރީ 2022