އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 4 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި.

2 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/025

ބޭއްވުނު ތާރީޚް:  02 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 36 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 4ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:    

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 04 ވަނަ ބައްދަލުވުމަށް ހުށަހެޅުނު،

  1. ވެއަރ ހައުސް އެޅުމަށް ބިންދޫކުރުމަށް ކުރެވުނު އިޢްލާނުގެ ދަށުން ބިން އެވޯޑު ކުރުމަށް ކައުންސިލުން ނިންމަވާފައިވާ ފަރާތްތަކާއި ބިން ޙަވާލުކޮށް އެއްބަސްވުން ހެދުމުގެ މަރުހަލާގައި ހުރި މައްސަލަތަކާއި (އެއްބަސްވުމުގެ ސީ.އެސް.އާރުގެ މާއްދާއާއި ގުޅިގެން ޚިލާފު އުފެދިފައިވުމުން)،
  2. އޮޑިހަރުގެ އެޅުމަށް ބިމެއް ހޯދުމަށް އެދި ސ.މީދޫ ލިލީހައުސް އިބްރާހީމް ފައިސަމް ހުށަހަޅާފައިވާ މައްސަލައާއި،
  3.  ބޯޑު މަރާމާތަށް 6 މަހުގެ މުއްދަތަށް އެހެލުމަށް ބިމެއް ހަމަޖައްސައި ދެއްވުން އެދި ސަނީ އެކްސްޕްރެސް ބޯޓުގެ ވެރިފަރާތުން ހުށަހަޅާފައިވާ މައްސަލައާއި،
  4. ސ.މީދޫ އަސްރުމާވާދީ އަޙުމަދު ޝިއުސްއަށް ދޫކުރެވިފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  5. ޝަމްސުއްދީން ބޮޑު ފަނޑިޔާރުތަކުރުފާނު މަގުގައި ހަރުކުރެވިފައި ހުރި 60KM ގެ ސްޕީޑް ސައިންގ ބޯޑު ކަނބިހާ މަގާއި ހިސާބަށް ބަދަލުކުރުމާއި ގުޅޭގޮތުން މައްސަލަ ދިރާސާ ކުރުމަށް ބިމާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ

އާއި ގުޅިގެން ކޮމިޓީން ނިންމަވާފައިވާ ނިންމުންތައް ފާސްކޮށް ދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/025

ތާރީޚް: 2 ފެބުރުއަރީ 2022