އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބަނދަރުތަކުގައި ކައުންސިލްގެ ނަމުގައި ބަހައްޓާފައިވާ ފެނާއި ކަރަންޓު މީޓަރުތަކުން ބޭނުންކުރަމުންދާ ފަރާތްތަކުގެ އަތުން އަގު ނެގުމާގުޅޭ މައްސަލަ

2 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/026

ބޭއްވުނު ތާރީޚް:  02 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 36 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގެ އަވަށްތަކުގެ ބަނދަރުތަކުގައި ކައުންސިލްގެ ނަމުގައި ބަހައްޓާފައިވާ ފެނާއި ކަރަންޓު މީޓަރުތަކުން ފެނާއި ކަރަންޓު ބޭނުންކުރަމުންދާތީ، ދެންނެވުނު މީޓަރުތަކުން ފެނާއި ކަރަންޓު ބޭނުންކުރަމުންދާ ފަރާތްތަކުގެ އަތުން އަގު ނެގުމާގުޅޭ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫގެ އަވަށްތަކުގެ ބަނދަރުތަކުގައި ކައުންސިލްގެ ނަމުގައި ބަހައްޓާފައިވާ ފެނާއި ކަރަންޓު މީޓަރުތަކުން ފެނާއި ކަރަންޓު ބޭނުންކުރަމުންދާތީ، ދެންނެވުނު މީޓަރުތަކުން ފެނާއި ކަރަންޓު ބޭނުންކުރަމުންދާ ފަރާތްތަކުގެ އަތުން ފެނަށް ކަނެކްޝަން ފީ އެއްގެ ގޮތުގައި /-50 (ފަންސާސް) ރުފިޔާ އަދި ކަރަންޓަށް ކަނެކްޝަން ފީ އެއްގެ ގޮތުގައި  /-100 (ސަތޭކަ) ރުފިޔާ ނެގުމަށް ކަނޑައަޅައި ފެން ޓަނަކަށް -/140 (ސަތޭކަ ސާޅީސް) ރުފިޔާ ގެ ރޭޓުން އަދި ކަރަންޓު ޔުނިޓަކަށް 6.25 (ހަރުފުޔާ ފަންސަވީސްލާރި) ގެ ރޭޓުން ބިލްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދް ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/026

ތާރީޚް: 2 ފެބުރުއަރީ 2022