އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އޭއޯ ނިއުސްގެ ފަރާތުން ބާއްވާ މަދަހަ މުބާރާތަށް އެހީ ދިނުން

13 ޖޫން 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އޭއޯ ނިއުސްގެ ފަރާތުން ބާއްވާ މަދަހަ މުބާރާތަށް އެހީ ހޯދުމަށް އެދި ހުށަހެޅިފައިވާ މައްސަލަ.  

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލް ސާރވިސް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި  މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

މިމުބާރާތަކީ މިފަހަރު އޭއޯ ނިއުސްގެ ނަމުގައި ބޭއްވުނު ކަމުގައިވިޔަސް، އޭއޯ ނިއުސް ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މީގެ ކުރިން އައްޑޫ އޮންލައިންގެ ނަމުގައި ތިއްބެވިއިރުވެސް ހިންގެވި މުބާރާތެއް ކަމަށާއި، ކައުންސިލުން މީގެކުރިންވެސް މި މުބާރާތަށް އެހީތެރިވެދީފައިވުމާއިއެކު، ރަމަޟާން މަހެއްގައި މުޅި އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށް ހުޅުވާލެވިގެން ވާދަކުރެވޭ ގޮތަށް ހުޅުވާލެވޭ މުބާރާތަކަށްވިޔަސް، މިފަދަ މުބާރާތަކުން މުޖުތަމަޢުގެ ތެރޭގައި އެއްބައެއް އަނެއް ބައެއްގެ މެދުގައި އެކުވެރިކަން ބަދަހިވެ ގުޅުންތެރިކަން އާލާވެގެންދާނެ މުބާރާތަކަށް ވާތީ، ކައުންސިލުން މިކަމުގައި އެހީތެރިވެ ދިނުމަށެވެ. އެގޮތުން، މުޅި މުބާރާތުން 1 ވަނަ އަށް -/3000 ރުފިޔާ، 2 ވަނައަށް -/2000 ރުފިޔާ އަދި 3 ވަނައަށް -/1000 ރުފިޔާ ދިނުމަށެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޒް    

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

  • މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/133

ތާރީޚް: 13 ޖޫން 2017