އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ އަރުބު މިސްކިތް ހުރިތަނުގައި 450 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރުމަށް

2 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/029

ބޭއްވުނު ތާރީޚް:  02 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 05 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 36 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މީދޫ އަރުބު މިސްކިތް ހުރިތަނުގައި 450 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރުމަށް.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އާމިނަތު ޞާލިޙާ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސ.މީދޫ ނަރުގިސް، ހުސެއިން ރަޝީދު ހުށަހަޅުއްވާފައިވާ ޕްރޮޕޯޒަލާއި އެއްގޮތަށް އަރުބު މިސްކިތް ހުރިތަނުގައި 450 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ބިން ހަވާލުކުރުމަށް ނިންމުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދް ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު ޞާލިޙާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/029

ތާރީޚް: 2 ފެބުރުއަރީ 2022