އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި

9 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/030

ބޭއްވުނު ތާރީޚް:  09 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 37 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް: 

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 05 ވަނަ ބައްދަލުވުމަށް ހުށަހެޅުނު،

  1. ފޭދޫ، ހަސީނީވިލާ، މުޙައްމަދް ސަޢީދު އާއި ދެމެދު ވެފައިވާ (AGR)426-AB/INDIV/2021/201 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  2. ފޭދޫ، ބެންހާގެ، މުޙައްމަދް އިބްރާހީމް އާއި ދެމެދު ވެފައިވާ (AGR)426-AB/INDIV/2021/186 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  3. ފޭދޫ، އޯކިޑްވިލާ، މުޙައްމަދް އަބްދުﷲ އާއި ދެމެދު ވެފައިވާ (AGR)426-AB/INDIV/2021/187 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  4. ހިތަދޫ، އާޒާދީގެ، އަބްދުﷲ ޞާލިޙް އާއި ދެމެދު ވެފައިވާ  426-EA/S2/2014/23އެއްބަސްވުމުން ދޫކޮށްފައިވާ ކުލީބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  5. ދޯންޏެއް ބަނުމަށްޓަކައި އޮޑިހަރުގެ އެޅުމަށް 1800 އަކަފޫޓުގެ ބިމެއް ހޯދުމަށްއެދި ހުޅުދޫ އޯޝަންރީޑް ޢަބްދުﷲ އަޙްމަދު ހުށަހަޅާފައިވާ މައްސަލައާއި،
  6. ފަޒާ ބިޒްނަސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ (AGR)138-LS/PRIV/2016/52 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީބިމުގެ މިންތައް ދިމާނުވާތީ އެގްރިމެންޓްގައިވާ މިންތައް އިސްލާހުކޮށްދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައާއި،
  7. ހިތަދޫ ދުންނިކަގެ މުޙައްމަދް އަފްރާޙްއާއި ދެމެދު ވެފައިވާ (AGR)426-AB/INDIV/2021/241 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީބިން ކުއްޔަށް ދޫކުރެވުނު ބޭނުން ނޫން އެހެން ބޭނުމަކަށް (ގައު އެޅުމުގެ ވަގުތީ ހުއްދައަކަށް އެދި) ބިން ބޭނުންކުރުމުގެ ހުއްދައަކަށް އެދިފައިވާ މައްސަލައާއި،
  8. މީދޫ ހުވަނދުމާވިލާ ގޯތިތެރެއަށް ޕަމްޕް ސްޓޭޝަން އަރާތީ ބަދަލުހޯދުމަށް އެދިފައިވާ މައްސަލަ،

އާއި ގުޅިގެން ކޮމިޓީން ނިންމަވާފައިވާ ނިންމުންތައް ފާސްކޮށް ދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/030

ތާރީޚް: 9 ފެބުރުއަރީ 2022