އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ޕޮލިސްގައި އެކަމަޑޭޝަން އިމާރާތެއް އެޅުމަށް ހިތަދޫ ޕޮލިސްއާއި އިންވެގެން އޮތް ބިމުން އިތުރު ބިމެއް ހޯދުމަށް އެދިފައިވާތީ ހުށަހަޅާ މައްސަލަ.

9 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/032

ބޭއްވުނު ތާރީޚް:  09 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 37 ވަނަ ޖަލްސާ)

 

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ޕޮލިސްގައި އެކަމަޑޭޝަން އިމާރާތެއް އެޅުމަށް ހިތަދޫ ޕޮލިސްއާއި އިންވެގެން އޮތް ބިމުން އިތުރު ބިމެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާތީ ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިފައިވާގޮތަށް، ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންވެގެން އޮތް ތަނުން އެކަމަޑޭޝަން ޢިމާރާތް އެޅުމަށް 10،000 (ދިހަ ހާސް) އަކަފޫޓުގެ ބިން ހަމަޖެއްސުމަށާއި މި ބިމަކީ ވަޤުފް އިމާރާތް އެޅުމަށް ދޫކުރެވިފައިވާ ބިމަކަށް ވާތީ ވަޤުފް އިމާރާތް އެޅުމަށް ރަނގަޅު އެހެން ލޮކޭޝަނަކުން ބިން ހަމަޖައްސާގޮތަށް މިހާރު އޮތް ބިން ކެންސަލްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ޞާލިޙާ

ހުށަހެޅުން ހުށަހެޅިޑެޕިއުޓީ މޭޔަރ މުޙައްމަދް ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 05 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/032

ތާރީޚް: 9 ފެބުރުއަރީ 2022