އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއިދިނުމުގެ އުޞޫލުގެ 2 ވަނަ މާއްދާ މުރާޖާކުރުމަށް ހުށަހަޅާ މައްސަލަ.

9 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/035

ބޭއްވުނު ތާރީޚް:  09 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 06 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 37 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއިދިނުމުގެ އުޞޫލުގެ 2 ވަނަ މާއްދާ މުރާޖާކުރުމަށް ހުށަހަޅާ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހީމް ޝިނާޒް

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއިދިނުމުގެ އުޞޫލުގެ 2 ވަނަ މާއްދާ "މި އުޞޫލުގައި ބަޔާންކޮށްފައިވާ ފަދަ ލުޔެއް މީހަކަށް ނުވަތަ ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، އެމީހަކަށް ނުވަތަ އެ ފަރާތަކަށް ލިބޭ ގެއްލުމެއްގައި ނުވަތަ ކުރިމަތިވާ ދަތި ހާލަތެއްގައި، އެފަދަ ލުޔެއް ނުވަތަ މަންފާއެއް ދިނުމަކީ، އެ ކަމުގައި އިޖުތިމާޢީ މަޞްލަޙަތެއް ހިމެނޭ ކަމެއް ކަމުގައި ނުވަތަ ޢަދުލުވެރި ކަމެއް ކަމުގައި ނުވަތަ އެ ސަރަޙައްދުގެ އެކަށީގެންވާ ނިސްބަތެއްގެ ބައެއްގެ މަޞްލަޙަތު ހިމެނޭ ކަމެއް ކަމަށް ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ނިންމަވައި ކައުންސިލްގެ އާއްމު ބައްދަލުވުމަކަށް ހުށަހަޅައި، ކައުންސިލަށް ފެންނަ ހާލަތްތަކުގައެވެ." މިފަދައިން އިސްލާހުކޮށް އައްޑޫ ސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢަމަލާތްތަކުގައި ލުއިދިނުމުގެ އުޞޫލު ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/035

ތާރީޚް: 9 ފެބުރުއަރީ 2022