އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިފްކޯއަށް ހުޅުދޫ އިން ދޫކޮށްފައިވާ ކުލީ ބިމުގެ އެއްބަސްވުން އަލުން އެކުލަވާލުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް

16 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/038

ބޭއްވުނު ތާރީޚް:  16 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 38 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިފްކޯއަށް ނަންބަރ (AGR)426-EA/134/2015/2 އެއްބަސްވުމުގެ ދަށުން ހުޅުދޫ އިން ދޫކޮށްފައިވާ ކުލީ ބިމުގެ އެއްބަސްވުން އަލުން އެކުލަވާލުމުގައި ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ދީފައިވާ ލަފާ އާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް

ނިންމުން

މައްސަލަ ނިމުނުގޮތް:     

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މިފްކޯއަށް ނަންބަރު (AGR)426-EA/134/2015/2 އެއްބަސްވުމުގެ 1ވަނަ މާއްދާގެ (ށ) އާއި 3ވަނާ މާއްދާގައި 861113  (އަށްލައްކަ ފަސްދޮޅަސް އެއްހާސް އެއްސަތޭކަ ތޭރަ ) އަކަފޫޓުގެ ބިން، ކުއްޔަށް ދޫކުރި ބިމުގެ ގޮތުގައި ބަޔާންކޮށްފައި ވީނަމަވެސް، ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން މިއަދާހަމައަށް މިބިން އޮތް ސަރަޙައްދުގައި އެސައިޒުގެ ބިމެއް ނެތް ކަމާއި، އެއްބަސްވުމުގެ 5ވަނަ މާއްދާގެ (ށ)ގައި އަކަފޫޓަކަށް 0.03ލާރީގެ ރޭޓުން ކުލި ނަގާގޮތަށް ބަޔާންކޮށްފައިވާއިރު، އެ ރޭޓުން ބިމުގެ ސައިޒަށް ބަލައި މަހަކު ނަގަންޖެހޭ ކުލި ކަނޑައަޅާފައިނުވާކަމަށާއި އަދި ކޮންމެ މަހަކު ދައްކަންޖެހޭ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ އަގަކީ ކޮން ސައިޒަކަށް ބަލާ ކަނޑައަޅާފައިވާ ސައިޒެއްކަން އެނގެން ނެތުމުން މި އެއްބަސްވުމުގެ 1ވަނަ މާއްދާގެ (ށ) އާއި 3ވަނާ މާއްދާގައި ވާ ބިމުގެ ސައިޒާއި 5ވަނަ މާއްދާގެ (ށ) އަދި 5 ވަނަ މާއްދާގެ (2) އިޞްލާހުކުރަންޖެހޭތީ މި އެއްބަސްވުން ބާޠިލުކޮށް ތިރީގައިވާ ކަންކަމަށް ބަލައި މިބިމުގެ އެއްބަސްވުން އަލުން އެކުލަވާލުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

  • 1 ނޮވެމްބަރު 2015އިން ފެށިގެން 31 ޑިސެމްބަރު 2021ގެ ނިޔަލަށް ބިމުގެ ސައިޒްކަމުގައި ބަލާނީ، މިބިން މިފްކޯއިން ބޭނުންކުރަން ފެށީއްސުރެން ބޭނުންކުރަމުންދާ ބިމުގެ ސައިޒްކަމުގައިވާ (އަވަށު އޮފީހުން ސަރވޭކޮށްފައިވާ) 295,960 (ދެލައްކަ ނުވަދިހަ ފަސް ހާސް ނުވަ ސަތޭކަ ފަސްދޮޅަސް) އަކަފޫޓުގެ ބިން ކަމާއި، 01 ޖަނަވަރީ 2022އިން ފެށިގެން ބިމުގެ ސައިޒްކަމުގައި ބަލާނީ މިފްކޯއިން އިތުރަށް ބިން ބޭނުންވާނަމަ އަވަށު އޮފީހުގެ ފަރާތުން މިބިން އަލުން ސަރވޭކުރުމުން ލިބޭ ބިމުގެ ސައިޒުކަމާއި
  • 1 ނޮވެމްބަރު 2015އިން ފެށިގެން 31 ޑިސެމްބަރު 2021ގެ ނިޔަލަށް މަހަކު އަކަފޫޓަކަށް ނަގާނީ 0.03 ލާރި ކަމާއި އަދި 1 ޖަނަވަރީ 2022ގެ ފަހުން މަހަކު އަކަފޫޓަކަށް ނަގާނީ ކުލި ރިވިއުކުރުމަށް ކައުންސިލުން ކަނޑައަޅާ ފާސްކޮށްފައިވާ އަގަށް ކަމާއި 
  • 01 ނޮވެމްބަރު 2035 ގެ ފަހުން މަހަކު އަކަފޫޓަކަށް ނަގާނީ ކުލި ރިވިއުކުރުމަށް އޭރަކު ކައުންސިލުން ކަނޑައަޅާ އުޞޫލުގެ ތެރެއިން ކަމާއި
  •  1 ނޮވެމްބަރު 2015އިން ފެށިގެން 31 ޑިސެމްބަރު 2021ގެ ނިޔަލަށް މިބިމަށް މިފްކޯގެ ފަރާތުން ދައްކަންޖެހޭ ކުއްޔާއި ޖުރިމަނާ ފައިސާ ހޯދުމަށްޓަކައި އެކުންފުންޏަށް ބިލް ފޮނުވާގޮތަށް ހަމަޖައްސައި، މިފްކޯގެ ފަރާތުން މިމުއްދަތުގެ ކުލި އެއްފަހަރާ ދައްކާނަމަ ޖުރިމަނާ ފައިސާ މަޢާފުކުރުމާއި އަދި އެއްފަހަރާ ކުލި ނުދެއްކޭނަމަ، އައްޑޫސިޓީގެ ކުލީ ބިންތަކާއި ގުޅޭ މުޢާމަލާތްތަކުގައި ލުއި ދިނުމަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ޖުރިމަނާ މާފުކުރުން

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނާދިރު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/038

ތާރީޚް: 16 ފެބުރުއަރީ 2022