އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުލީ ބިމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އެއްބަސްވުން އެކުލަވާލުމުގައި ލޭންޑް ކޮމިޓީއިން ދީފައިވާ ލަފާ އާ މެދު ކައުންސިލުން ގޮތެއް ނިންމުމަށް

16 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/039

ބޭއްވުނު ތާރީޚް:  16 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 38 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިފްކޯއަށް 2003/S-2/138 އެއްބަސްވުމުގެ ދަށުން ހިތަދޫ އިން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު ހަމަވެފައިވާތީ އެބިމުގެ ކުއްޔާއި މެދު ގޮތެއް ނިންމާ، މުއްދަތު އިތުރުކޮށް އެއްބަސްވުން އެކުލަވާލުމުގައި ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީއިން ދީފައިވާ ލަފާ އާ މެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް

ނިންމުން

މައްސަލަ ނިމުނުގޮތް:     

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން މިފްކޯގެ ފަރާތުން 2011 މެއި އާ ހަމައަށް މީރާއަށް ކުލި ދައްކާފައިވާއިރު، 2011 ޖޫން މަހުން ފެށިގެން ކުލި ދައްކާފައިވާކަން ރެކޯޑުތަކުން އެނގެން ނެތުމާއެކު، މިބިމަކީ މުއްދަތު ހަމަވިފަހުން މިފްކޯގެ ފަރާތުން ބޭނުން ކުރަމުންދާ ބިމަކަށްވާތީ،2011 ޖޫން އިން ފެށިގެން 31 ޑިސެމްބަރު 2021ގެ ނިޔަލަށް މަހަކު އަކަފޫޓަކަށް 00.10 ލާރީގެ ރޭޓުން ކުލި ނަގާގޮތަށް ހަމަޖައްސައި، އެފައިސާ ހޯދުމަށް މިއިދާރާގެ ފަރާތުން ބިލް ހެދުމަށްފަހު މިފްކޯއަށް ފޮނުވުމަށާއި، އަދި 01 ޖަނަވަރީ 2022އިން ފެށިގެން ކައުންސިލުން ކަނޑައަޅާފައިވާ އަގަށް ކުލި ރިވިއުކޮށް، މިބިމުގެ މުއްދަތު އައުކޮށް އެކުލަވާލަންޖެހޭ އެއްބަސްވުން އެކުލަވާލުމަށް ފެންނަ ކަމާއި މިބިމަށް ކުލި ނެގުމުގައި ބިމުގެ ސައިޒްގެ ގޮތުގައި ބަލާނީ، ބިމުގެ ސައިޒަށް ކައުންސިލުން ބަދަލު ގެނައި ތާރީޚް ކަމުގައިވާ 11 ޖޫން 2020 ހަމައަށް ނަންބަރު 2003/S-2/138 އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބިމުގެ ސައިޒް ކަމުގައިވާ 259876.17 (ދެލައްކަ ފަންސާސް ނުވަ ހާސް އަށްސަތޭކަ ހަތްދިހަ ހަޔެއް ޕޮއިންޓް ސަތާރަ ) އަކަފޫޓު ކަމަށާއި އަދި 11 ޖޫން 2020 ގެ ފަހުން ބިމުގެ ސައިޒްގެ ގޮތުގައި ބަލާނީ 30000 (ތިރީސްހާސް) އަކަފޫޓު ކަމާއި ކައުންސިލްގެ ނަންބަރު: 426-B(4)/2021/156 ނިންމުމާއި އެއްގޮތަށް، ސަރުކާރުގެ ކުންފުނިތަކަށް ދޫކުރާ ބިންތަކުގެ މުއްދަތު ކަނޑައަޅާފައިވާ ގޮތުގެމަތީން، މެދު ނުކެނޑި ޚިދުމަތް ދެމުންދާހާ ހިނދަކު މުއްދަތެއް ނެތްގޮތަށް މި ބިމުގެ މުއްދަތު ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/039

ތާރީޚް: 16 ފެބުރުއަރީ 2022