އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮންޓްރެކްޓް އުސޫލުން ސިވިލް އިންޖިނިއަރަކު ނެގުމަށް

16 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/040

ބޭއްވުނު ތާރީޚް:  16 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 38 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކޮންޓްރެކްޓް އުސޫލުން ސިވިލް އިންޖިނިއަރަކު ނެގުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:     

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީގެ ތަރައްޤީއަށް ހިންގަމުންދާ އެކި އެކި މަޝްރޫޢުތައް އިތުރަށް ހަރަދަނާ ކުރުމަށް ތިރީގައިވާގޮތަށް ސިވިލް އިންޖިނިއަރަކު ނެގުމަށާއި މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރަރސްޓްރަކްޗަރ އިން މިފަދަ ޓެކްނިކަލް މަޤާމަކަށް ކަނޑައަޅާ އުޞޫލުން މުސާރަ ހަމަޖެއްސުމަށް ފެންނަކަމަށް  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އައުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

ސިވިލް އިންޖިނިއަރ- MS3

މަޤާމުގެ ޝަރުތު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ތައުލީމީ ރޮނގުތައް

  • ސިވިލް އިންޖިނިއަރިންގ
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ

މުއްދަތު

ކޮންޓްރެކްޓް އުޞޫލުން 2021 ޑިސެމްބަރ 31 ގެ ނިޔަލަށް

 

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/040

ތާރީޚް: 16 ފެބުރުއަރީ 2022