އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިރާ ސްކޫލުގެ ދަރިވަރުންގެ އައުޓް ޑޯ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ބިމެއް ހަމަޖެއްސުން

16 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/041

ބޭއްވުނު ތާރީޚް:  16 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 38 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިރާ ސްކޫލުގެ ދަރިވަރުންގެ އައުޓް ޑޯ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ބިމެއް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:     

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިރާ ސްކޫލުގެ ދަރިވަރުންގެ އައުޓް ޑޯ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހިރާ ސްކޫލުގެ ދެކުނުން އޮތް ހުސްބިމުން 20،000 އަކަފޫޓުގެ ބިން ހިރާ ސްކޫލަށް ދޫކުރުމަށާއި މި 20,000 އަކަފޫޓުގެ ބިން ސާފުކުރުމަށާއި ވެލި އަޅައި ލެވެލް ކުރުމަށް ކައުންސިލުން ކޮށްފައިވާ ޚަރަދު ހިރާ ސްކޫލުން ކައުންސިލަށް ދެއްކެވުމަށް ކަނޑައެޅުމަށް ފެންނަކަމަށާއި އަދި އެބިމުގެ ބާކީ އޮތް ސަރަހައްދު ޑްރައިވިންގ ޓްރެކް އަޅަން ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. 

 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 07 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/041

ތާރީޚް: 16 ފެބުރުއަރީ 2022