އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހޯމްސްޓޭ ހުއްދައަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލްގެ ޤަރާރު ފާސްކުރުމަށް ހުށަހަޅާ މައްސަލަ

23 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/042

ބޭއްވުނު ތާރީޚް:  23 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 07 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 39 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޤަވާއިދު ނަންބަރު 2021/R-176 ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ގަވާއިދުގެ 23-12 ވަނަ މާއްދާގައިވާގޮތުގެމަތިން އައްޑޫ ގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ އަށް އެދި މިނސްޓްރީ އޮފް ޓޫރިޒަމް އަށް ހުށަހެޅުމަށާއި، އިސްވެ ދެންނެވި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ސިޓީ ކައުންސިލްގެ އިދަރާގައި ޓޫރިޒަމް ޑެސްކް ގާއިމް ކުރުމަށާއި، އެ މާއްދާގެ (ށ) ގައިވާގޮތުގެމަތިން ޓޫރިޒަމް ޑެސްކުގެ ވެރިއެއްގެގޮތުގައި އައްޑޫގެ ޖެނެރަލް މެނޭޖަރ ކަނޑައެޅުމަށާއި އަދި އެ މާއްދާގެ (ބ) ގައިވާގޮތުގެމަތިން އިމަޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ ރަށުގައި ޢަމަލުކުރާނެގޮތުގެ ޕްލޭން ކައުންސިލްގެ ޓޫރިޒަމް ކޮމިޓީއިން އެކުލަވާލުމަށާއި، ވަކިވަކި ހޯމްސްޓޭތަކުން އިމަޖެންސީ ހާލަތުގައި ފަތުރުވެރިނަށް އަމަލުކުރުމަށް އިރުޝާދުދޭނީ ކައުންސިލްގެ ޓޫރިޒަމް ކޮމިޓީއިން އެކުލަވާލާ ޕްލޭނާއެއްގޮތަށް ކަމަށް ކަނޑައެޅުމަށާއި، ހޯމް ސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގައި އައްޑޫސިޓީގައި އަމަލުކުރަންޖެހޭ އުޞޫލު ކައުންސިލުން ފާސްކުރުމަށާއި އަދި އައްޑޫ ސިޓީގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލްގެ ޤަރާރު ފާސްކުރުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި ކޮންމެ އަވަށެއްގައި ޓޫރިޒަމް ޑެސްކެއް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި  ހުޅުދޫ މީދޫ ގައި ވަކި ޖެނެރަލް މެނޭޖަރ އެއް ހުރުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ފެންނާތީވެ، މިމައްސަލަ ޓޫރިޒަމް ކޮމިޓީއަށް އަލުން ދިރާސާ ކުރުމަށް ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، ޚާލިދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 03 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/042

ތާރީޚް: 23 ފެބުރުއަރީ 2022