އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ހެދުމަށް ބޭނުންވާ ބީޗްތަކުގެ އީ.އައި.އޭ ހަދައި ބީޗް ޑިޒައިން މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެކަމާއި މެދު ގޮތެއް ނިންމުމަށް

23 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/043

ބޭއްވުނު ތާރީޚް:  23 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 39 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބީޗްތައް ހެދުމަށް ބޭނުންވާތީ އެބީޗްތަކުގެ އީ.އައި.އޭ ހަދައި ބީޗް ޑިޒައިން ކުރުމަށް އޮމްނި ސޮލިއުޝަންސްއާއި ހަވާލު ކުރެވުނު މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެކަމާއި މެދު ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޓޫރިޒަމް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:     

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ބީޗްތައް ހެދުމަށް ބޭނުންވާތީ އެބީޗްތަކުގެ އީ.އައި.އޭ ހަދައި ބީޗް ޑިޒައިން ކުރުމަށް އޮމްނި ސޮލިއުޝަންސްއާއި ހަވާލު ކުރެވުނު މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ޓޫރިޒަމް ކޮމިޓީގެ 13 ވަނަ ބައްދަލުވުމުން ނިންމާފައިވާ ގޮތަށް އޮމްނި ސޮލިއުޝަންސް އާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި އަދި އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރާ އެއްވެސް ބީލަމެއްގައި އޮމްނި ސޮލިއުޝަންސް އަށް ބައިވެރިނުވެވޭ ގޮތަށާއި އަދި އައްޑޫސިޓީ ކައުންސިލް އިން އެކުންފުނި ބްލެކްލިސްޓް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 08 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/043

ތާރީޚް: 23 ފެބުރުއަރީ 2022