އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީއިން އައްޑޫ ސިޓީގެ އިޙްތިޞާޞް ވަކިކުރަން ފޮނުވާފައިވާ ޗާރޓާއި މެދު ގޮތެއް ނިންމުމަށް

23 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/045

ބޭއްވުނު ތާރީޚް:  23 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 39 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު 431/426/2022/03 ސިޓީއިން އައްޑޫ ސިޓީގެ އިޙްތިޞާޞް ވަކިކުރަން ފޮނުވާފައިވާ ޗާރޓާއި މެދު ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ ނަންބަރު 431/426/2022/03 ސިޓީގައި އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަކަކޮށްފައިވާ ސަރަހައްދު، އައްޑޫ ސިޓީގެ އިޙްތިޞާޞް އިން އެފަރާތުން އެދިފައިވާ ގޮތައް ވަކިކުރެވެން ނެތްކަމަށާއި، އައްޑޫސިޓީ ގަން އައްޑޫސިޓީ ކައުންސިލްގެ އިޙްތިޞާޞްގެ ތެރެއަށް އިތުރުކުރުމަށް އެދި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ އަށް ސިޓީ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސާލިޙާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ނާދިރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/045

ތާރީޚް: 23 ފެބުރުއަރީ 2022