އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަދަން ރީޖަނަލް ހެޑްކުއާޓާޒް އެޅުމަށް ފެދޫ އަވަށުން 45000 އަކަ ފޫޓުގެ ބިން ހަމަޖެއްސުމަށް

23 ފެބުރުއަރީ 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/047

ބޭއްވުނު ތާރީޚް:  23 ފެބްރުވަރީ 2022

ޖަލްސާ: 2022ވަނަ އަހަރުގެ 08 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 39 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަދަން ރިޖަނަލް ހެޑްކުއާޓާޒް އަޅަން ފޭދޫ ލިންކް ރޯޑުކައިރިން ބިން ކަނޑައެޅުމަށް ކައުންސިލުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ބާޠިލްކޮށް، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަދަން ރީޖަނަލް ހެޑްކުއާޓާޒް އެޅުމަށް ފެދޫ އަވަށުން 45000 އަކަ ފޫޓުގެ ބިން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

          " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އަށް ބިން ދޫކުރުމަށް ކައުންސިލްގެ426-B(4)/2021/143  ނަމްބަރު ނިންމުން ބާތިލުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަދަން ރީޖަނަލް ހެޑް ކުއަރޓަރޒް އަޅަން ފޭދޫ ލިންކް ރޯޑްކައިރިން (އެމް.ޓީ.ސީ.ސީ ކައިރިން) 45000 އަކަފޫޓުގެ ބަދަލުގައި 50,000 އަކަފޫޓުގެ ބިން ހަމަޖެއްސުމަށާއި،  ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/047

ތާރީޚް: 23 ފެބުރުއަރީ 2022