އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީރާގެ އޮފީހެއް ހުޅުދޫމީދޫގައި ހުޅުވުމަށް މީރާއަށް ދެންނެވުމަށް ކައުންސިލުން ފާސްކުރުމަށް

26 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުން މީރާއަށް ދައްކަން ޖެހޭ ފައިސާ ރަށުގައި ތިބެގެން ދެއްކޭނެ އިންތިޒާމް ހަމަ ނުޖެހި ހުރުމުން ރައްޔިތުންގެ ގިނަބަޔަކު ޝަކުވާ ކުރަމުންދާތީ މިކަމަށް ޙައްލެއް ހޯދުމުގައި ކައުންސިލުން ގޮތެއް ނިންމުން     

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ  

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީގެ ހުޅުދޫ، މީދޫ އަވަށުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) ގެ އޮފީހެއް ހުޅުވިފައި ނެތުމުން އެ 2 އަވަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތި ވަމުން އަންނަކަމަށާއި، މިކަމަށް ޙައްލެއް ހޯދައި ދިނުން އެދި ރައްޔިތުން ޝަކުވާ އުފުލަމުންދާތީ، ކައުންސިލް އެކަމާއި ކަންބޮޑުވާ ކަމަށާއި، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުން މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) އަށް ދައްކަންޖެހޭ ފައިސާ ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމް ހަމަޖެއްސަވައި ދެއްވުން އެދި ކަމާއި ގުޅޭ މުއައްސަސާއަށް މިއިދާރާއިން ހުށަހެޅި ލިޔުމަށް ޖަވާބު ލިބިފައި ނުވާކަން ފާހަގަކޮށް، ރައްޔިތުން ހުށަހަޅާފައިވާ މި ޝަކުވާއަށް ހައްލެއްހޯދައި ދިނުމުގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއުގައި ތަކުރާރުކޮށް ދެންނެވުމަށާއި، މިގޮތަށް ދަންނަވާއިރު މިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މުހިއްމުކަމާއި، މިކަމުގައި މިއިދާރާއިން ފޯރުކޮށްދެވެންހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ހުޅުދޫ ނުވަތަ މީދޫ އަވަށުގައި މީރާގެ އޮފީހެއް ޤާއިމުކުރުމަށް މިއިދާރާގެ އޮފީސް ޢިމާރާތުން އޮފީސް ޖާގަ ހަމަޖައްސަވައި ދެއްވަން ވެސް ކައުންސިލް ތައްޔާރަށް އޮތްކަން ފާހަގަކޮށް އިންލެންޑް ރެވެނިއުއަށް މިމައްސަލަ ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/301

ތާރީޚް: 26 ޑިސެމްބަރ 2017