އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި

2 މާރޗް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/050

ބޭއްވުނު ތާރީޚް:  02 މާރޗް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 09 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 40 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 07 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް: 

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 07 ވަނަ ބައްދަލުވުމަށް ހުށަހެޅުނު،

  1. ބިލް ބޯޑާއި އިޝްތިހާރު ބޯޑު ބެހެއްޓުމަށްޓަކައި އައްޑޫ ސިޓީގެ ޕްރައިމް ލޮކޭޝަންތައް ކަނޑައެޅުމާއި އެ ތަންތަނުގައި ބަހައްޓާ ބޯޑު ތަކުން ނަގާނެ އަގާމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  2. އައްޑޫސިޓީ ކައުންސިލްއާއި ސ.ހިތަދޫ، ފްރެސްކޯ މުޙައްމަދު ވަޙީދު ހުސައިން، (އައިޑީކާޑް ނަންބަރ: A059009) ދެމެދު ވިޔަފާރީގެ ބޭނުމުގައި 17 ޖޫން 2012 ގައި ވެވިފައިވާ ނަންބަރ: 426-EA/S2/2014/30 އެއްބަސްވުމުގެ ދަށުން، އެފަރާތުން ދައްކަންޖެހޭ ކުލީގެ ޖޫރިމަނާ މަޢާފް ކުރުމަށް މެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  3. 09 އޮގަސްޓް 2011 ގައި އައްޑޫސިޓީ ކައުންސިލްއާއި ސ.މަރަދޫފޭދޫ، ބްލޫކެބިން، އަޙްމަދު ފިރާޤުއާއި ދެމެދު ރެސްޓޯރަންޓް ވިޔަފާރި ކުރުމަށް ސ.މަރަދޫފޭދޫއިން ދޫކޮށްފައިވާ 1500 (ފަނަރަސަތޭކަ) އަކަފޫޓުގެ ކުލީ ބިމުގެ މުއްދަތު އިތުރުކޮށް ވެވުނު ނަންބަރ: 2009/S5/20 އެއްބަސްވުމުގެ މުއްދަތު 08 އޮގަސްޓް 2021 ގައި ހަމަވުމާއި ގުޅިގެން، ކުލީ ބިމުގެ މުއްދަތު އިތުރުކޮށް އެފަރާތާއެކު 07 ފެބްރުއަރީ 2022 ގައި (ނަންބަރ: (AGR)426-AB/INDIV/2022/15) އެއްބަސްވުމުގައި ވަނީ ސޮއި ކުރެވިފައެވެ. 08 އޮގަސްޓް 2021 އިން ފެށިގެން 07 ފެބްރުއަރީ 2022 އާއި ހަމަޔަށް (6) މަހުގެ ކުލި ދައްކަވާފައި ނެތުމުން، 06 މަހުގެ ކުލި އެއްއަހަރަށް ބަހައިގެން ދެއްކުމަށް އެފަރާތުގެ 09 ފެބްރުއަރީ 2022 ގެ ސިޓީއިން އެދިފައިވުމާއި ގުޅިގެން މައްސަލާގައި ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  4. 09 އޮގަސްޓް 2011 ގައި އައްޑޫސިޓީ ކައުންސިލްއާއި ސ.މަރަދޫފޭދޫ، މަދުރަސާދޮށުގެ، މުޙައްމަދު ނަސީމުއާއި ދެމެދު ރެސްޓޯރަންޓް ވިޔަފާރި ކުރުމަށް ސ.މަރަދޫފޭދޫއިން ދޫކޮށްފައިވާ 1500 (ފަނަރަސަތޭކަ) އަކަފޫޓުގެ ކުލީ ބިމުގެ މުއްދަތު އިތުރުކޮށް ވެވުނު ނަންބަރ: 2009/S5/21 އެއްބަސްވުމުގެ މުއްދަތު 08 އޮގަސްޓް 2021 ގައި ހަމަވުމާއި ގުޅިގެން، ކުލީ ބިމުގެ މުއްދަތު އިތުރުކޮށް އެފަރާތާއެކު 07 ފެބްރުއަރީ 2022 ގައި (ނަންބަރ: (AGR)426-AB/INDIV/2022/14) އެއްބަސްވުމުގައި ވަނީ ސޮއި ކުރެވިފައެވެ. 08 އޮގަސްޓް 2021 އިން ފެށިގެން 07 ފެބްރުއަރީ 2022 އާއި ހަމަޔަށް (6) މަހުގެ ކުލި ދައްކަވާފައި ނެތުމުން، 06 މަހުގެ ކުލި އެއްއަހަރަށް ބަހައިގެން ދެއްކުމަށް އެފަރާތުގެ 09 ފެބްރުއަރީ 2022 ގެ ސިޓީއިން އެދިފައިވުމާއި ގުޅިގެން މައްސަލާގައި ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  5. ހިތަދޫ، އާޒާދީގެ ޢަބްދުﷲ ޞާލިހު އާއި ދެމެދު ވެވިފައިވާ ނަންބަރު:426-EA/S2/2014/23  އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ  ބިމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހާޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  6. ސ.މަރަދޫފޭދޫ، އާރާމުގެ އިސްމާޢީލް މުޙައްމަދު އާއި ދެމެދު ވެވިފައިވާ  426-PD/2011/01 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ  ބިމުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހާޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  7. ސ.ފޭދޫ ބެންހާގެ މުޙައްމަދު އިބްރާހީމްގެ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމަށް އެދި ކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެން މުއްދަތު 10 އިތުރުކޮށްފައިވީނަމަވެސް، އެފަރާތުގެ ޕްރޮޕޯސަލްގައި ބިމުގެ މުއްދަތު 20 އަހަރު ދުވަހަށް އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ފާހަގަކުރެވިފައިވާތީ، އެއްބަސްވުން ހެދުމުގައި ކުރިއަށް ގެންދަންވީ ގޮތުގެ ލަފާ ހޯދުމަށް އެދިފައިވާ މައްސަލަ އާއި،
  8. ސ.ހިތަދޫ ހޭޅި މުޙައްމަދު ޒުހައިރުއަށް ނަންބަރު: (AGR)138-LS/INDIV/2016/136  އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގައި ކޮށްފައިވާ އިންވެސްޓްމެންޓް ވިއްކާލުމުގެ ހުއްދައަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުގެ މައްސަލަ،

އާއި ގުޅިގެން ކޮމިޓީން ނިންމަވާފައިވާ ނިންމުންތައް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، މުޙައްމަދު ފައިޞަލް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01  

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/050

ތާރީޚް: 2 މާރޗް 2022