އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2021" މުބާރާތް ބޭއްވުމަށް އިޢުލާން ކުރުމާއިމެދު ކައުންސިލްގެ މަޝްވަރާ ހޯދުމަށް އެދި ހުށަހެޅުނު މައްސަލަ.

9 މާރޗް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/051

ބޭއްވުނު ތާރީޚް:  09 މާރޗް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 10 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 41 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2021" މުބާރާތް ބޭއްވުމަށް އިޢުލާން ކުރުމާއިމެދު ކައުންސިލްގެ މަޝްވަރާ ހޯދުމަށް އެދި ހުށަހެޅުނު މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، "އައްޑޫ ފުުޓްބޯލް ޗެމްޕިއަންޝިޕް 2021" މުބާރާތް 01 ޖޫން 2022ގައި ބޭއްވުމަށާއި ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރާނެ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވައި އެ ކޮމިޓީގެ ބެއްލެވުމުގެ ދަށުން މުބާރާތް އިންތިޒާމްކޮށް ކުރިއަށް ގެންދިޔުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދް ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ހުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 05 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/051

ތާރީޚް: 9 މާރޗް 2022