އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި ހުށަހެޅުނު މައްސަލަ.

23 މާރޗް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/056

ބޭއްވުނު ތާރީޚް:  23 މާރޗް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 12 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 43 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 08 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި ހުށަހެޅުނު މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 08 ވަނަ ބައްދަލުވުމަށް ހުށަހެޅުނު،

  • ސ.ހިތަދޫ، ފަރުދާބަގީޗާގެ ޢަބްދުﷲ ޙަސަންއާއި ދެމެދު ވެފައިވާ 426-PD/S2/2012/03 އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމަށް އެދި ހުށަހަޅި މައްސަލަ އާއި، 
  • ސ.ހިތަދޫ، ބިންބިމާގެ އިބްރާހީމް ޞަބްރީއާއި ދެމެދު ވެފައިވާ 426-PD/S2/2012/51 އެއްބަސްވުމުގެ ދަށުން އެފަރާތުން މިހާތަނަށް ދައްކަންޖެހޭ ޖުރިމަނާ މާޢުފުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމަށް އެދި ހުށަހަޅި މައްސަލަ އާއި،
  • ސ.ހިތަދޫ ، މަސަލަސް ޢަލީ މޫސާ އާއި ދެމެދު ވެފައިވާ 426-PD/S2/2014/62 އެއްބަސްވުމުގެ ދަށުން އެފަރާތުން މިހާތަނަށް ދައްކަންޖެހޭ ޖުރިމަނާ މާޢުފުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމަށް އެދި ހުށަހަޅި މައްސަލަ އާއި، 
  • އައްޑޫސިޓީ ކައުންސިލްއާއި ސ.ފޭދޫ ގާވިޔާ ޒަކަރިއްޔާ ހުސެއިން، އާއިދެމެދު ވެވިފައިވާ ނަންބަރު: 2009/S4/05 އެއްބަސްވުމުގެ ދަށުން، އެފަރާތުން ދައްކަންޖެހޭ ޖޫރިމާނާ މަޢާފް ކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅި މައްސަލަ އާއި،
  • ސ.ހިތަދޫ މިސްކިތްދޮށުގެ ޢަބްދުﷲ ސަޢީދު އާއި ދެމެދުވެފައިވާ ނަންބަރު: (AGR)426-AB/INDIV/2022/20 އެއްބަސްވުމުގައިވާ ގޮތުގެމަތީން ދައްކަންޖެހޭ ކުލީގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރި ތާރީޚާއި ހަމައަށް ދައްކަންޖެހޭ ކުލި 9 މަސް ދުވަހަށް ބަހާލާއިގެން ދެއްކޭނެގޮތް ހަމަޖައްސަވާ ދެއްވުން އެދި ހުށަހަޅި މައްސަލަ އާއި،
  • ސ.ހިތަދޫ، ދުންނިކަގެ އިބްރާހީމް ޙުސައިން އާއި ދެމެދުވެފައިވާ ނަންބަރު: (AGR)426-AB/INDIV/2020/6 އެއްބަސްވުމުގައިވާ ގޮތުގެމަތީން ދައްކަންޖެހޭ ކުލީގެ ތެރެއިން، 2020 ޑިސެމްބަރު އިން ފެށިގެން ދައްކަންޖެހޭ ކުލި ދެއްކިފައިނުވާތީ، 1 އަހަރު ދުވަހަށް ބަހާލާއިގެން ކުލި ދެއްކޭނެގޮތް ހަމަޖައްސަވައި ދެއްވުމަށާއި އަދި އެމުއްދަތުގެ ޖުރިމަނާއަށްވާ ފައިސާ މާފުކޮށް ދިނުމަށް އެދި ހުށަހެޅި މައްސަލަ އާއި،
  • މިފްކޯއަށް ހުޅުދޫ އިން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ގުޅިގެން ކައުންސިލުން ނިންމަވާފައިވާ ގޮތުގެމަތީން އެއްބަސްވުން އަލުން އެކުލަވާލުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ތަކުގެ ތެރެއިން، މިފްކޯގެ ފަރާތުން މިހާރު ބޭނުންކުރަމުންދާ ބިމަށް ބިން އިތުރުކުރުމަށް ބޭނުންވޭތޯ ބެލުމަށް މިއިދާރާއިން މިފްކޯއަށް ފޮނުވި ސިޓީއާއި ކައުންސިލްގެ ނިންމާއި ޙަވާލާދީ އެކުންފުނިން ފޮނުވާފައިވާ ނަންބަރު:  134-CSD/426/2022/02 (06 މާރިޗް 2022)ގެ ސިޓީގައި ހުށަހަޅާފައިވާ ކަންކަން ކޮމިޓީއާއި ޙިއްސާކޮށް ލަފާ ހޯދުމަށް ހުށަހެޅި މައްސަލަ އާއި ގުޅިގެން ކޮމިޓީން ނިންމަވާފައިވާ ނިންމުންތައް ފާސްކުރުމަށް ފެންނަކަމަށް"

 ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދް ޝުޢާޢު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/056

ތާރީޚް: 23 މާރޗް 2022