އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރަށް އަގު ނެގިދާނެ ދާއިރާތަކާއި ނެގޭނެ އަގުތައް ކަނޑައެޅުމަށް ހުށަހެޅުނު މައްސަލަ.

23 މާރޗް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/057

ބޭއްވުނު ތާރީޚް:  23 މާރޗް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 12 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 43 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރަށް އަގު ނެގިދާނެ ދާއިރާތަކާއި ނެގޭނެ އަގުތައް ކަނޑައެޅުމަށް ހުށަހެޅުނު މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: އާއްމު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކައުންސިލުން ދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރަށް އަގު ނެގިދާނެ ދާއިރާތަކާއި ނެގޭނެ އަގުތައް އާއްމު ކޮމިޓީއިން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށާއި،

  • އުފަން ދުވަހިގެ ސެޓްފިކެޓް ހެއްދުން : -/100 (ސަތޭކަ ރުފިޔާ)
  • އައްޑޫ ސިޓީގެ އެއް އަވަށެއްގެ އެއްގެއިން އަނެއް ގެއަށް ރަޖިސްޓަރީ ބަދަލުކުރުން: -/300 (ތިން ސަތޭކަ ރުފިޔާ)
  • އައްޑޫސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ރަށްވެހިކަން ބަދަލުކުރުން: -/1000 (އެއް ހާސް ރުފިޔާ)
  • އައްޑޫގައި އުޅޭކަމުގެ ލިޔުން ހޯދުން: -/100 (ސަތޭކަ ރުފިޔާ)
  • ފޮޓޯޖެހި ލިޔުން ހޯދުން: -/100 (ސަތޭކަ ރުފިޔާ)
  • އައްޑޫސިޓީ ފިޔަވައި އެހެން ރަށެއްގެ ރައްޔިތުން އައްޑޫއަށް ރަށްވެހިކަން ބަދަލުކުރުން: -/1000 (އެއް ހާސް ރުފިޔާ)
  • މަޢުލޫމާތުގެ ގޮތުގައި ލިޔުންތަކުގެ ކޮޕީ ހޯދުން: -/2 (ދެ ރުފިޔާ)

ނެގުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، މަރިޔަމް ސަޢީދާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 05 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/057

ތާރީޚް: 23 މާރޗް 2022