އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2018 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

15 ޖެނުއަރީ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2018 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީ ކައުންސިލްގެ 2018 ވަނަ އަހަރަށް ލަފާކުރި ބަޖެޓް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 97ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފާސްކުރުމުގައި ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާ ފާހަގަކޮށްފައިވެއެވެ.

"2015 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި ގުޅިގެން ކައުންސިލްގެ މެންޑޭޓަށް ބޮޑު ބަދަލުތަކެއް އައިސް، ވޭތުވެދިޔަ 3 އަހަރު ވެސް ކައުންސިލަށް ލިބޭ އާމްދަނީން ވަރަށް ބޮޑު ބައެއް އުނިވެފައިވާކަން ފާހަގަކޮށް،

މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައިނުވާ ކަންކަމަށް ޚަރަދު ކުރުމުގައި އެ ޙަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލްއަށް ހުށަހަޅައި ކައުންސިލްގެ ނިންމުމާއިއެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި،

މި ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ކަނޑައަޅައި ޤަރާރެއް ނެރުމަށް ފެންނަ ކަމަށް، މަޝްވަރާކުރެވި،

 މިޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ކައުންސިލުން ތައްޔާރު ކުރެވިފައިވާ ބަޖެޓަކީ ތިލަފަތް ހަމަ ބަޖެޓެއްކަމަށާއި، 2018 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލް އިދާރާގެ މުޅި ޖުމްލަ ބަޖެޓަކީ: 30,433,661.49 ރުފިޔާ ކަމުގައި ކަނޑައަޅައި ބަޖެޓް ފާސްކުރުމަށް ފެންނަކަމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ ސާފު އަޣުލަބިއްޔަތުން އައްޑޫސިޓީ ކައުންސިލް އިދާރާގެ 2018 ވަނައަހަރުގެ ބަޖެޓް ފާސްކުރުމަށް ފެންނަ ކަމަށް ތާއިދު ލިބި މި ހުށަހެޅުން ހުށަހެޅުނު ގޮތަށް ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

            ކައުންސިލަރ ޖަމްޝީދާ މުޙައްމަދު      

ހުށަހެޅުން ހުށަހެޅި:  ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

 

މިގޮތުން ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ ސާފު އަޤުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ.

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/01

ތާރީޚް: 15 ޖެނުއަރީ 2018