އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 09 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި.

31 މާރޗް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/059  

ބޭއްވުނު ތާރީޚް:  31 މާރޗް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 13 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 44 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 09 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމުންތައް ކައުންސިލުން އެޕްރޫވްކޮށް ދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާސްޕޯރޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 09 ވަނަ ބައްދަލުވުމަށް ހުށަހެޅުނު،

  • އައްޑޫ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑު އާއި ދެމެދު 2010/S2/38 ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު ހަމަވެފައިވާތީ، މުއްދަތު އިތުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،
  • ގ.ތަލްވާރު ޢަބްދުﷲ މަޖީދު އާއި ދެމެދު ވެފައިވާ 426-PD/2012/55 އެއްބަސްވުމުގައިވާ ގޮތުގެމަތީން ޢަމަލުކޮށްފައިނުވާތީ، ފިޔަވަޅު އެޅުމާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ އާއި،   
  • ސ.މަރަދޫފޭދޫ، އާރާމުގެ އިސްމާޢީލް މުޙައްމަދު އާއި ދެމެދުވެފައިވާ ނަންބަރު: (AGR)426-AB/INDIV/2022/42 އެއްބަސްވުމުގައިވާ ގޮތުގެމަތީން ދައްކަންޖެހޭ ކުލީގެ ތެރެއިން، އެއްބަސްވުމުގެ މުއްދަތު ފެށުނު ތާރީޚުން ފެށިގެން، އެއްބަސްވުމުގައި ސޮއިކުރި ތާރީޚާ ހަމައަށް ކުލި 9މަސް ދުވަހަށް ބަހާލާއިގެން ކުލި ދެއްކޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީން ނިންމަވާފައިވާ ނިންމުންތައް ފާސްކުރުމަށް ފެންނަކަމަށް"

 ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދް ޝުޢާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 07 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް
ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/059

ތާރީޚް: 31 މާރޗް 2022