ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/062 |
|
ބޭއްވުނު ތާރީޚް: 04 އެޕްރީލް 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 01 ވަނަ ކުއްލި ޖަލްސާ (4ވަނަ ކައުންސިލްގެ 06 ކުއްލި ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް 3 މަސް ދުވަސް ފުރިފައިވާތީ އާއި މި މުއްދަތުގައި ސެކްރެޓަރީ ޖެނެރަލްއާއި ގުޅޭގޮތުން ފުރަންޖެހޭ ފޯމު ކައުންސިލްގެ މޭޔަރ އާއި ކައުންސިލަރުން ލައްވާ ކައުންސިލް އިދާރާއިން ފުރުވާފައިނުވާތީއާއި، އައްޑޫސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ކައުންސިލްގެ އިތުބާރު އޮތްތޯ ބެލުމާއި އެކު ސެކްރެޓަރީ ޖެނެރަލްގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކުރަމުންދޭތޯ ކައުންސިލުން ބަލައި ގޮތެއް ނިންމުމަށް. |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އަޙްމަދް ނާދިރު |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކައުންސިލްގެ މޭޔަރުގެ ލަފާނެތި ކަންކަން ނިންމަމުން ގެންދިޔުމާއި، މޭޔަރަށް ނޭގި ކަންކަން ނިންމުމާއި، ކަންކަމުގައި މޭޔަރަށް ރިޕޯޓްކޮށް ޖަވާބުދާރީވަމުން ނުގެންދިޔުމާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރަމުން ނުގެންދިޔުމާއި، ކައުންސިލްގެ މޭޔަރ ގެ ލަފާ ނުހޯއްދަވައި މާލީ ކަންކަން ނިންމަމުން ގެންދިޔުމާއި، ކައުންސިލްގެ ޕްރޮކިއުމެންޓް އިން ކުރާ މަސައްކަތްތަކުގެ ތެރެއަށްވަދެ ބިޑްތައް ބަލައި މި މަސައްކަތަށް ނުފޫޒު ފޯރުވާތީއާއި، މިކަންކަމާއި ގުޅިގެން މުޅި ކައުންސިލް ހިމެނޭހެން އެސް.ޖީ އާއި ބައްދަލުކޮށް މި ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރި ވެފައިވީނަމަވެސް މި ކަންކަން ރަނގަޅުކުރެވިފައި ނުވާތީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދް ޝުޖާޢުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އާމިނަތު ސަލްމާ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޙްމަދް ނާދިރު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 05 ވޯޓް |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 11 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
