އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫ ބަނދަރުގެ ޑިޒައިނާއި މެދު ކައުންސިލުން ގޮތެއް ނިންމުން

13 އެޕްރީލް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/066

ބޭއްވުނު ތާރީޚް:  13 އެޕްރިލް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 46 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ ބަނދަރުގެ ޑިޒައިނާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ހުސައިން ޒަރީރު

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އާއި އެމް.ޓީ.ސީ.ސީ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިތަދޫ އެއްގަމު ތޮށިގަނޑާ ދިމާލުން 1200 ވަރަކަށް ފޫޓު ބޭރުގައި 800 މީޓަރ ގެ ބްރޭކްވޯޓަރ ރިވެޓްމެންޓެއް ޖަހާގަތޮށް ލިބިނު ޑިޒައިނާއި ގުޅިގެން ހިތަދޫގެ ބަނދަރު ބޭނުންކުރާ އޮޑިވެރިންނާއި، ކެޕްޓަނުން، އަދި ކެޔޮޅުންނާއި އަދި މިސަރަހައްދު ބޭނުންކުރާ ބައެއް ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު އައްޑޫ ސިޓީކައުންސިލުން ތައްޔާރުކުރި ޑިޒައިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ހުށަހެޅުމުން، މިނިސްޓްރީ އިން ލިބިފައިވާ ޖަވާބުގައި އެ ޑިޒައިނަކީ ގުދުރަތީގޮތުން ރަށް އުފެދިފައިވާގޮތަށް ބަލާއިރު ކުރިއަށް ގެންދެވިދާނެ ޑިޒައިނެއް ކަމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމަށް އެއްބަސްވެވެން ނެތްކަމަށް ވާތީ އާއި މިނިސްޓްރީން އިތުރު ޑިޒައިނެއް ފޮނުވާފައިވާކަމަށާއި، މިމައްސަލައިގެ އާއި އެކު އެއްކަރުދާސްކުރެވިފައިވާ ޑިޒައިނާއި އެއްގޮތަށް ޓީ-ޖެޓީ އެއް އިތުރުކުރުމާއެކު، ކުރީގެ ބާތޮށިގަނޑުގެ ޑްރެއިނޭޖާއި ޕޭވްމެންޓް އަދި ކުރެހުމުގައިވާގޮތަށް ލައިޓްޕޯސްޓާއި ހާބަރ ބޮލާޑް ބަނދަރުގައި ޖަހައި، މަސައްކަތް ނިންމަވައިދެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އަށް ހުށަހަޅައި މި ޕްރޮޖެކްޓްގެ ޓައިމްލައިނެއް ހޯދުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އަޙްމަދު ސަޢީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސެއިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00    

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 12 ވޯޓް

ވޯޓުގައި ބައިވެރިވި: 12 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/066

ތާރީޚް: 13 އެޕްރީލް 2022