އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ އިޖްތިމާޢީ މަރުކަޒު ގޯތިތެރޭ ކެފޭ ހެދުމާއިގުޅޭ މައްސަލަ

13 އެޕްރީލް 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/068

ބޭއްވުނު ތާރީޚް:  13 އެޕްރިލް 2022

ޖަލްސާ: 2022ވަނަ އަހަރުގެ 15 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 46 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ އިޖްތިމާޢީ މަރުކަޒު ގޯތިތެރޭ ކެފޭ ހެދުމާއިގުޅޭ މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

     " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، "ހިތަދޫ އިޖްތިމާޢީ މަރުކަޒުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކެފޭގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި މަރުކަޒަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މި ނިންމުމާއި އެކު އެއްކަރުދާސްކުރެވިފައިވާ ޗާޓާއި އެއްގޮތަށް ހިތަދޫ އިޖްތިމާޢީ މަރުކަޒު ގޯތިތެރެއިން 1500 އަކަފޫޓުގެ ބިމެއް ކެފޭ ހިންގުމަށް އިއުލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުޢާއު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހިމް ޝިނާޒު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/068

ތާރީޚް: 13 އެޕްރީލް 2022