ކައުންސިލްގެ ނިންމުން
ނިންމުން ނަންބަރު: 426-B (4)/2022/079 |
|
ބޭއްވުނު ތާރީޚް: 27 އެޕްރިލް 2022 |
ޖަލްސާ: 2022ވަނަ އަހަރުގެ 17 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 48 ވަނަ ޖަލްސާ) |
މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނަންބަރު 426-B(4)/2021/075 (25 އޮގަސްޓް 2021) ނިންމުމުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ "ހާބަރ އިންސްޕެކްޓަރ" މަޤާމަށް އެކަށީގެންވާ އަދަދަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، މި މަގާމަށް މުވައްޒަފުން ނެގުމާމެދު ގޮތެއް ނިންމަވައި ދެއްވުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކައުންސިލްގެ ނަންބަރު 426-B(4)/2021/075 ނިންމުމުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ "ހާބަރ އިންސްޕެކްޓަރ" މަޤާމު އިއުލާންކުރުމުން އެ މަޤާމަށް އެކަށީގެންވާ އަދަދަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ "ހާބަރ އިންސްޕެކްޓަރ" މަޤާމުގެ ޝަރުތުގެ ގޮތުގައި ތިރީގައިވާ ޝަރުތު ކަނޑައަޅައި ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. "ހާބަރ އިންސްޕެކްޓަރ" މަޤާމްގެ ޝަރުތު: ލިޔަން ކިޔަންދަތުމާއި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ހުނަރު ހުރި (ދާއިރާ: ލޯ އެންފޯސްމަންޓް، ފަޔަރ އެންޑް ރެސްކިއު، މުނިސިޕަލް، ސުޕަރވައިޒަރ) ދާއިރާއިން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދު މީހަކަށްވުން |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޚާލިދާ މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އާމިނަތު ސާލިޙާ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް |
ފެންނަކަމަށް: 07 ވޯޓް |
ވޯޓުގައި ބައިވެރިވި: 07 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
