އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ބެޑް މިންޓަން ކޮމްޕްލެކްސް ޔޫތު މިނިސްޓްރީ އާއި ހަވާލުކޮށްދެއްވުމާއި މެދު ކައުންސިލުން ގޮތެއް ނިންމެވުމަށް

11 މޭއި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/080

ބޭއްވުނު ތާރީޚް:  11 މޭއި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 49 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ނަންބަރު 141-SD/426/2022/16 (24 އޭޕްރިލް 2022) ސިޓީ އިން ހިތަދޫ އިޖްތިމާއީ މަރުކަޒުގެ ބިމުގައި ޤާއިމުކުރެވިފައިވާ އައްޑޫ ބެޑް މިންޓަން ކޮމްޕްލެކްސް އެ މިނިސްޓްރީ އާއި ހަވާލުކޮށްދެއްވުމަށް އެދި ލައްވާފައިވުމާއި ގުޅިގެން ކައުންސިލުން ގޮތެއް ނިންމެވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ބެލުމުގެ ދަށުން ބެޑްމިންޓަން އެސޯސިއޭޝަންއާއި ހަވާލުކޮށްގެން ގިނަ ޕްރޮގްރާމްތައް ހިންގައި އައްޑޫސިޓީގައި ބެޑްމިންޓަން ކުރިއަރުވައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުންނާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެޑްމިންޓަން ކޮމްޕްލެކްސް މަރާމާތުކޮށް ބަލަހައްޓައި ޒުވާން ކުޅުންތެރިން އުފެއްދުމަށް އައްޑޫސިޓީ ބެޑްމިންޓަން ކޮމްޕްލެކްސް، އެއްބަސްވުމެއްގެ ދަށުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އާއި ހަވާލުކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/080

ތާރީޚް: 11 މޭއި 2022