އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔޫތު މިނިސްޓްރީ ދެމެދު ވެވޭ ޔޫތު ސެންޓަރ އަދި ކޮމިއުނިޓީ ސެންޓަރ ހިންގުމާއި ގުޅޭ އެއްބަސްވުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

11 މޭއި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/082

ބޭއްވުނު ތާރީޚް:  11 މޭއި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 18 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 49 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ދެމެދު ވެވޭ ޔޫތު ސެންޓަރ އަދި ކޮމިއުނިޓީ ސެންޓަރ ހިންގުމާއި ގުޅޭ އެއްބަސްވުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އެކުލަވާލަވާލި  "ރަށްރަށާއި އަދި ސިޓީ ކައުންސިލްތަކުގެ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތައް ހިންގުމާއި ގުޅޭ" އެއްބަސްވުމުގައި، ފިޔަވަޅު އެޅޭނެ ހާލަތްތަކާއި އަދި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ ތަފްޞީލު ހިމަނާފައި ނުވާތީ ،އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ  ލީގަލް ޔުނިޓުން ލަފާ ދެއްވާފައިވާ ގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން އެއްބަސްވުމުގައި ދެންނެވުނު މާއްދާތައް ހިމެނުމަށް ފަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އައްޑޫސިޓީ ކައުންސިލާއި އެކު މިއެއްބަސްވުމުގައި ސޮއިކުރުމަށް ފެންނަކަމަށާއި އަދި ވީހާވެސް އަވަހަށް މިނިސްޓްރީ އާއި ގުޅިގެން އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު ސަލްމާ

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ފައިޒުއްރަޙްމާން

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/082

ތާރީޚް: 11 މޭއި 2022