އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ބިން ހިއްކުން ހުއްޓުވުމަށް އެދި ދައުވާކުރާ މައްސަލައަށް ކައުންސިލުން ތަދައްޚުލްވުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް

18 މޭއި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/083

ބޭއްވުނު ތާރީޚް:  18 މޭއި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 50 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ބިން ހިއްކުން ހުއްޓުވުމަށް އެދި ދައުވާ ކުރުމުން ،އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/S1C/2022  (ޢަބްދުﷲ ނުޒައިރު ވ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ) ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަށް އައްޑޫސިޓީ ކައުންސިލުން ތަދައްޚުލްވުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ލީގަލް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 02 ވަނަ މާއްދާގައި ވާގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުން ކަމުގައިވާތީ، ކައުންސިލްތައް އިންތިޚާބު ކުރެވިފައިވަނީ ރައްޔިތުންގެ ޙައްޤުގައި ބަސްބުނުމަށްޓަކައި ކަމަށްވެފައި، އައްޑޫގެ ރައްޔިތުންގެ މަސްލަޙަތު ހިމެނޭ މިފަދަ މައްސަލައެއްގައި ރައްޔިތުންގެ ޙައްޤުގައި ބަސްބުނުމަކީ ކައުންސިލުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކޭތީ، އަދި އައްޑޫގެ ބިން ހިއްކުން ގުޅިފައިވަނީ އައްޑޫގެ އިޤްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ތަރައްޤީއާ ކަމަށްވެފައި، މިކަންކަމަކީ ޤާނޫނުއަސާސީގެ 232 ވަނަ މާއްދާގެ (ށ) ގައި ކައުންސިލްގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމެނޭ ކަމަކަށްވެފައި، އައްޑޫގެ ބިން ހިއްކުން ހުއްޓުވަން ކުރާ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ބަސް އިއްވައި ޤާނޫނާއި ގަވާއިދުގެ ތެރެއިން، އައްޑޫސިޓީގެ ބިން ހިއްކުން ހުއްޓުވުމަށް އެދި ދައުވާ ކުރުމުން ،އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 23/S1C/2022  (ޢަބްދުﷲ ނުޒައިރު ވ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ) ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލައަށް އައްޑޫސިޓީ ކައުންސިލުން ތަދައްޚުލްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ސަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 11 ވޯޓް

ވޯޓުގައި ބައިވެރިވި: 11 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/083

ތާރީޚް: 18 މޭއި 2022