އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފެނަކައަށް ޓްރާންސްފޯމަރ ބެހެއްޓުމަށް ދޫކުރިބިން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް

18 މޭއި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/084

ބޭއްވުނު ތާރީޚް:  18 މޭއި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 19 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 50 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޓްރާންސްފޯމަރ ބެހެއްޓުމަށް ހިތަދޫ ކްލަބްހައުސް ގޯތިތެރެއިން ފެނަކައަށް ދޫކުރި ބިމުގެ ބަދަލުގައި މިފްކޯ އައިސްޕްލާންޓް ކައިރިން ބިމެއް ހަމަޖައްސަވައިދިނުމަށް ފެނަކައިން އެދޭ މައްސަލައިގައި ކައުންސިލް އިން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ހިތަދޫ ބަނދަރާއި އިންޑަސްޓްރިއަލް އޭރިޔާއަށް މިހާރު ކަރަންޓް ދެމުންދަނީ މިފްކޯ އައިސްޕްލާންޓް ގޯތިތެރޭގައި ބަހައްޓާފައިހުރި މިފްކޯ ޓްރާންސްފޯމަރއަކަށްވެފައި، އެފަރާތުން އެ ޓްރާންސްފޯމަރ ބޭނުންވާތީ އެސަރަޙައްދުގައި އައު ޓްރާންސްފޯމަރ އެއް ބަހައްޓަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބޭނުންވާ ކަމަށާއި، އަލަށް ބަހައްޓާ ޓްރާންސްފޯމަރ އަކީ މިދެންނެވި ޓްރާންސްފޯމަރ ގެ ބަދަލުގައި ބަހައްޓާ އެއްޗަކަށްވެފައި، މިހާރު ހުރި ތަނާއި ދުރުނޫން ހިސާބަކުން އައު ޓްރާނސްފޯމަރ ބެހެއްޓުމަށް އެފަރާތުން ބޭނުންވާތީ، އައްޑޫ ސިޓީ ހިތަދޫ ކްލަބްހައުސް ގޯތިތެރެއިން ޓްރާންސްފޯމަރ ބެހެއްޓުމަށް ދޫކޮށްފައިވާ ބިމުގެ ނަންބަރު: (AGR)426-AB/FNK/2022/3 އެއްބަސްވުން ބާޠިލްކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އެދިފައިވާގޮތަށް މިފްކޯ އައިސްޕްލާންޓްގެ ހުޅަނގުން 20×20 ފޫޓް ބިމެއް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުއާއު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 10 ވޯޓް

ވޯޓުގައި ބައިވެރިވި: 10 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/084

ތާރީޚް: 18 މޭއި 2022