އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ސްކޫލްތަކުގެ އިނާމް ދިނުމުގެ ޖަލްސާއަށް ދޭނެ އިނާމަކާއި ގިންތި ކަނޑައަޅާނެ ގޮތަކާއި އުސޫލު ކަނޑައަޅުއްވައި ދެއްވުން އެދި

25 މޭއި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/088

ބޭއްވުނު ތާރީޚް:  25 މޭއި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 51 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ ގިނަ ސްކޫލްތަކުން ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާއަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ހުޅުވާލާތީ ދޭނެ އިނާމަކާއި ގިންތި ކަނޑައަޅާނެ ގޮތަކާއި އުސޫލު ކަނޑައަޅުއްވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ޔުނިޓް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " އައްޑޫގެ ސްކޫލްތަކުގެ ތެރެއިން އަހަރީ އިނާމް ދިނުމުގެ ޖަލްސާއަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުށަހަޅާ ސްކޫލުތަކަށް، އެސްކޫލަކުން  އެއަހަރު ބެސްޓް އޯލް ރައުންޑްގެ ގޮތުގައި ހޮވޭ ދަރިވަރުންނަށާއި ޓޮޕް އިން މޯލްޑިވްސް އަދި ދުނިޔޭގެ ވަނައެއްގައި ހިމެނޭ ދަރިވަރުންނަށް މޭޔަރ ދެއްވާ ހާއްސަ ޝީލްޑް، ކައުންސިލް ރަމްޒުކޮށްދޭ ޓްރޮފީ އަދި ފައިސާގެ އިނާމެއްގެގޮތުގައި ކޮންމެ ދަރިވަރަކަށް 1000/-ރުފިޔާ (އެއްހާސްރުފިޔާ) ދިނުމަށް ފެންނަކަމަށާއި މި ފައިސާ ހަރަދުކުރާނީ 2022 ވަނަ އަހަރުގެ ކައުންސިލް އިން ފާސްކުރި ބަޖެޓް ކޯޑު 228999 "ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކުރުން" އިން އިނާމް ދިނުމަށް ބޭނުންވާ ފައިސާ އުނިކުރުމަށް ފަހު އެފައިސާ "ކައުންސިލުން ސްކޫލްތަކަށް އިނާމް ހުށަހެޅުން " އެކްޓިވިޓީ ބަޖެޓަށް އިތުރުކުރުމަށާއި އަދި މި ނިންމުމާއި އެކު ކައުންސިލުން ސްކޫލްތަކަށް އެހީދިނުމުގައި އަމަލުކުރާނެ އުޞޫލެއް އެކުލަވާލުމަށް އާއްމު ކޮމިޓީ އަށް ފޮނުވުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އާމިނަތު ސަލްމާ

 ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހިމް ޝިނާޒް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/088

ތާރީޚް: 25 މޭއި 2022