އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫ އަވަށު މުނިސިޕަލް އިންސްޕެކްޓަރުންގެ ޝަރުތު އިސްލާހުކޮށްދެއްވުމަށް އެދިފައިވާތީ މި މައްސަލައާމެދު ގޮތެއް ނިންމަވައި ދެއްވުމަށް

25 މޭއި 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/089

ބޭއްވުނު ތާރީޚް:  25 މޭއި 2022

ޖަލްސާ: 2022ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 51 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނަންބަރު 426-B(3)/2020/97 (29 ސެޕްޓެންބަރު 2020) ނިންމުމުން ކަނޑައެޅިފައިވާ ޝަރުތާ އެއްގޮތަށް ފޭދޫ އަވަށަށް މުނިސިޕަލް އިންސްޕެކްޓަރުން ނެގުމުގައި ދަތިވާކަމަށް ފޭދޫ އަވަށު އޮފީހުން ފާހަގަކޮށް، އެ މަޤާމުގެ ޝަރުތު އިސްލާހުކޮށްދެއްވުމަށް އެދިފައިވާތީ މި މައްސަލައާމެދު ގޮތެއް ނިންމަވައި ދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކައުންސިލްގެ ނަންބަރު 426-B(3)/2020/97 (29 ސެޕްޓެންބަރު 2020) ނިންމުމުގައިވާ ޝަރުތުތައް އިސްލާޙްކޮށް "މުނިސިޕަލް އިންސްޕެކްޓަރ" މަޤާމުގެ ގޮތުގައި ތިރީގައިވާ ޝަރުތު ކަނޑައަޅައި ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

"މުނިސިޕަލް އިންސްޕެކްޓަރ" މަޤާމްގެ ޝަރުތު:

  1. ސިވިލްސާރވިސްގެ ޝަރުތު ތަކުގެތެރެއިން ޖީ.އެސް 03 ރޭންކް  ނުވަތަ
  2. ގްރޭޑް 10 ނިންމާފައިވުން

 ތާއީދު ކުރެއްވި: ކައުންސިލަރ މުހައްމަދު ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އާމިނަތު ސަލްމާ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/089

ތާރީޚް: 25 މޭއި 2022