އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ހާބަރ އިންސްޕެކްޓަރ" މަޤާމަށް މުވައްޒަފުން ނެގުމާމެދު ގޮތެއް ނިންމަވައި ދެއްވުމަށް

1 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/090

ބޭއްވުނު ތާރީޚް:  01 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 52 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލްގެ ނަންބަރު 426-B(4)/2021/075 (25 އޮގަސްޓް 2021) ނިންމުމުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ "ހާބަރ އިންސްޕެކްޓަރ" މަޤާމަށް އެކަށީގެންވާ އަދަދަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ، މި މަގާމަށް މުވައްޒަފުން ނެގުމާމެދު ގޮތެއް ނިންމަވައި ދެއްވުމަށް (.)

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރު ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ކައުންސިލްގެ ނަންބަރު 426-B(4)/2021/075 (25 އޮގަސްޓް 2021) ނިންމުމުގައިވާ ޝަރުތުތައް އިސްލާޙްކޮށް މުނިސިޕަލް އިންސްޕެކެޓަރުންގެ މަޤާމުގެ ޝަރުތުތައް ކަމަށްވާ

  1. ސިވިލްސާރވިސްގެ ޝަރުތު ތަކުގެތެރެއިން ޖީ.އެސް 03 ރޭންކް  ނުވަތަ
  2. ގްރޭޑް 10 ނިންމާފައިވުން

 "ހާބަރ އިންސްޕެކްޓަރ" މަޤާމުގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝިނާޒް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް

ފެންނަކަމަށް: 09 ވޯޓް

ވޯޓުގައި ބައިވެރިވި: 09 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/090

ތާރީޚް: 1 ޖޫން 2022