އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

1 ޖޫން 2022     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B (4)/2022/097

ބޭއްވުނު ތާރީޚް:  01 ޖޫން 2022

ޖަލްސާ: 2022ވަނަ އަހަރުގެ 21 ވަނަ ރަސްމީ ޖަލްސާ (4ވަނަ ކައުންސިލްގެ 52 ވަނަ ޖަލްސާ)

މައްސަލަ

ހުށަހެޅުނު މައްސަލަ:  

ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 21 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، ލަފާ ދީފައިވާ މައްސަލަތައް ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، " ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 21 ވަނަ ބައްދަލުވުމަށް ހުށަހެޅުނު ،

  1. ސ.މަރަދޫފޭދޫ، ކުއްޅަވަށްގޭ އަލްމަރްހޫމް މޫސާ ނަޖީބު އާއި ދެމެދު ވެފައިވާ އެއްބަސްވުން އޭނަގެ ދަރިފުޅު ސަޖުނާ ނަޖީބުގެ ނަމަށް ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުން
  2. އުރީދޫއަށް އެންޓަނާ ޖެހުމަށް ބިން ދޫކޮށް ކައުންސިލްއިން ޑްރާޕްޓް އެއްބަސްވުން ފޮނުވުމުން، ޑްރާފްޓަށް އިސްލާޙްގެނެސް، އެކުންފުންޏާއި ލީގަލް ޔުނިޓްއާއި ދެމެދު ކުރެވިފައިވާ މަޝްވަރާއާއި އެއްގޮތަށް ފައިނަލްކޮށް، ލޭންޑް ޔުނިޓަށް ލިބިފައިވާ އެއްބަސްވުމުގައި، ކައުންސިލުން ލަފާ ހޯދަންޖެހޭކަމަށް ލީގަލް ޔުނިޓްއިން ފާހަނގަކޮށްފައިވާ ކަންކަމާއި ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމުން
  3. BML ހިތަދޫ އަދި ގޭން ބްރާންޗް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުން ނިންމާ ސޮއިކުރުމުގެ މަރުހަލާއަށް BML އަށް ފޮނުވުމުން، އެއްބަސްވުމުގެ ޖޫރިމަނާކުރެވޭ މާއްދާ ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް ހިމަނައި ފޮނުވުމުން، ޖޫރިމަނާ ކުރުމުގެ މާއްދާ އިސްލާޙް ކުރުމަށް އެދިފައިވުމުން ކޮމިޓީގެ އިން ގޮތެއް ނިންމަވާ ދެއްވުންއެދި
  4. ސިޓީ ފިއުލް ސަޕްލައިއާ މެދުވެފައިވާ ނަންބަރު (AGR)138-LDS4/INDIV/2018/787 އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ލޭންޑް ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން މުރާޖާއާކުރުން
  5. ބްރައިޓްލީވިލާ /ސ.ފޭދޫ މޫސާ އަޙުމަދު އާއި ދެމެދު ވެވިފައިވާ ނަމްބަރު:2011/S4/02 އެއްބަސްވުމުން ދޫކޮށްފައިވާ ކުލީ ބިމުގެ މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމުން.  
  6. އެގްރޯ ނޭޝަނަލް ކުންފުނިން ހުޅުމީދޫގައި ދަނޑުވެރިކަން ކުރުމަށް 100،000 އަކަފޫޓުގެ ބިމެއް ހޯދުމަށާއި އަދި ބިންދެވޭނެ އެންމެ ކުޑަ އަގެއް އަންގަވައިދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުން

މި މައްސަލަތަކާއި ގުޅިގެން ކޮމިޓީ އިން ނިންމާފައިވާ ނިންމުންތައް ފާސްކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޝުޢާޢު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އަޙްމަދު ޞަޢީދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 03 ވޯޓް

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 08 ވޯޓް




ބާވަތް: ނިންމުން

ދައުރު: ހަތަރުވަނަ ދައުރު

ނަންބަރ: 426-B (4)/2022/097

ތާރީޚް: 1 ޖޫން 2022